3200 ދަރިވަރުންނާއެކު މަތީ ސާނަވީގެ ކިޔެވުން މިއަދު ފަށައިފިއެވެ.
މަތީ ސާނަވީގެ ކިޔެވުން މި އަހަރު އިތުރު 13 ސްކޫލެއްގައި ފަށާފައިވެއެވެ. މި 13 ސްކޫލާއެކު މަތީ ސާނަވީ އަށް ސަރުކާރުގެ 66 ސްކޫލެއްގައި ކިޔަވައިދެމުން ގެންދާނެއެވެ.
ޕީއެސްއެމްއަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވި ގޮތުގައި، މި އަހަރު ސާނަވީ ނިންމި ކުދިންގެ 49 އިންސައްތަ ކުދިން މަތީ ސާނަވީގައި ކިޔަވަންފަށާފައިވާ ކަމަށެވެ. މިދިޔަ އަހަރު މި އަދަދު ހުރީ 32 އިންސައްތައިގައެވެ.
މި ބޮޑު ބަދަލު އައީ މަތީސާނަވީގެ މުހިންމުކަން ދަރިވަރުންނާއި ބެލެނިވެރިންނަށް ބުނެދީ، ހޭލުންތެރިކަން އިތުރުވުމާއެކު އެކަމަށް ސަރުކާރުން ގިނަ ފުރުޞަތަކެއް މި އަހަރު ފަހިކޮށްދީފަވާތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ތަފާސް ހިސާބުތަކަށް ބުރެވި މިނިސްޓަރު ވިދާޅުވީ، މިދިޔަ އަހަރު ސާނަވީ ނިންމީ 6700 ދަރިވަރުން ކަމަށެވެ. އޭގެ ތެރެއިން މަތީ ސާނަވީގައި ކިޔަވަންފެށީ 2100 ދަރިވަރުންނެވެ. މި އަހަރު 6500 ދަރިވަރުން ސާނަވީ ނިންމިއިރު 3200 ދަރިވަރުން މަތީ ސާނަވީގައި ކިޔަވަން ފަށާފައިވެއެވެ.
މިނިސްޓަރު ވިދާޅުވީ، މަތީ ސާނަވީ މުހިންމުވަނީ އެކަޑެމިކް ކިޔެވުމަށް އެކަނި ނޫންކަމަށާއި ވަޒީފާގެ މާޙައުލަށް ކުދިން ތައްޔާރުކުރުމާއި މުއާމަލާތްކުރުމުގެ ހުނަރުތައް ތަރައްޤީކުރުމާއި އާއްމު ދިރިއުޅުމަށް ކުދިން ތައްޔާރުކުރުމަށް ވެސް މަތީ ސާނަވީގެ މަރުހަހަލާ މުހިންމު ކަމަށެވެ.
advertisment
ހިޔާލު