ދިވެހި ތަރިކައިގެ "ސިގްނޭޗަރ ރިސަރޗް" ގެ 40 ސްކޮލަރޝިޕަށް ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ހުޅުވާލައިފިއެވެ.
ދިވެހި ތަރިކައަށް ޚާއްސަ ސިފަތައް ހޯދައި ދެނެގަތުމަށް އަމާޒުކުރެވިގެން ހުޅުވާލެވޭ "ސިގްނޭޗަރ ރިސަރޗް ސްކޮލަރޝިޕް" ފުރުސަތުތަކަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މާސްޓަރސް ޑިގްރީއެއް ހާސިލުކުރެވޭގޮތަށް، ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ސްޕޮންސަރކުރާ ރިސަރޗް މަސައްކަތްކުރުމަށް ދޭ ފުރުސަތުތަކެކެވެ. މި ސްކޮލަރޝިޕަކީ ދިވެހި ތަރިކައިގެ ޢިލްމު އުފެއްދުމާއެކު،ޤާބިލު ތަރިކަވެރީންތަކެއް އުފެއްދުމުގެ މަޤުޞަދުގައި ހިންގާ މަޝްރޫއެކެވެ.
މި މަޝްރޫޢުގެ ދަށުން ހުޅުވާލީ 40 ސްކޮލަރޝިޕް ފުރުސަތަށެވެ. ސްކޮލަރޝިޕަށް ހޮވޭ ފަރާތްތަކުން ބައިވެރިވާ މާސްޓަރ އިން ރިސަރޗް އެންޑް ޕަބްލިކޭޝަންސް ކޯހުގެ ފީ ދައްކައިދޭނީ ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުންނެވެ. ސްކޮލަރޝިޕަށް އެދި ހުށައެޅުމުގެ ސުންގަޑިއަކީ ސެޕްޓެންބަރު 2025ވާ، ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިއެވެ. ކޯހުގެ ޝަރުޠަކީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، 8 ނުވަތަ 9ގެ ސަނަދެއް ހާސިލުކޮށްފައިވުމެވެ.
ހުށައަޅާނީ ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން އެކަމަށް ޚާއްޞަ ކޮށްފައިވާ ލިންކް މެދުވެރިކޮށެވެ.
ސްކޮލަރޝިޕްގެ ދަށުން ހިންގާ ރިސަރޗް މަސައްކަތް 2 އަހަރު ދެ އަހަރު ނިންމަންޖެހެއެވެ. މި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ "މާސްޓަރ އިން ރިސަރޗް އެންޑް ޕަބްލިކޭޝަންސް" ސަނަދު ހާސިލްކުރެވޭނެއެވެ.

ސްކޮލަރޝިޕަށް ހޮވޭ ފަރާތްތަކުން ބައިވެރިވާ މާސްޓަރ އިން ރިސަރޗް އެންޑް ޕަބްލިކޭޝަންސް ކޯހުގެ ފީ ދައްކައިދޭނީ ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުންނެވެ. މި ކޯސް ފުރިހަމަ ކުރާ ދަރިވަރުން ރިސަރޗް މަސައްކަތުގައި ކޮންމެ މަހަކު އެއްފަހަރު ދެ ދުވަހުގެ މުއްދަތަށް ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގައި ދާއިރާގެ މަސައްކަތްކުރަން ޖެހެއެވެ.
ދިރާސާކުރާ މައުޟޫޢު ކަނޑައަޅާނީ ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުންނެވެ. އަދި ބައިވެރިވާ ފަރާތްތަކަށް ތަރިކައިގެ ދާއިރާގެ ކޮންމެވެސް އެއް ފަންނެއް ފުންކޮށް ދަސްކުރުމުގެ ފުރުސަތު ލިބި ތަރިކައިގެ ދާއިރާގެ ޢިލްމީ އަދި ދިރާސީ ފޮތްތައް ޝާއިޢުކުރުމުގެ ފުރުސަތު ލިބޭނެއެވެ.
ދާއިރާއަށް އަހުލުވެރިވުމާއި އުނގެނުން ކުރިއަށް ގެންދެވޭނެ ޢިލްމީ ފޭޑިއަކީ: "ކޮމިއުނިޓީ އޮފް ޕްރެކްޓިސް" "ޕްރެކްޓިސިންގް އިން ޕަބްލިކް"އެވެ.
ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ބުނެފައިވަނީ، މި ސްކޮލަރޝިޕްގެ ދަށުން ފުރިހަމަކުރާ މާސްޓަރސް ކޯހުގައި ކިޔަވައިދޭނީ އިނގިރޭސި ބަހުންނެވެ. މި ސްކޮލަރޝިޕްގެ ދަށުން ކޯސް ފުރިހަމަކުރުމަށްފަހު 2 އަހަރު ދުވަހުގެ މުއްދަތަށް ދިވެހި ތަރިކައިގެ ދާއިރާއަށް ޚިދުމަތްކުރަން ޖެހެއެވެ.
advertisment
ހިޔާލު