ރިނބުދޫ ސްކޫލުގެ ޕީޓީއޭގެ ކާބޯތަކެތީގެ މައުރަޒު 140،000 ރުފިޔާ

ރިނބިދޫ ސްކޫލުގެ ޕީޓީއޭއިން ބޭއްވި ކާބޯތަކެތީގެ މައުރަޒަށް 141880 ރުފިޔާ ލިބިއްޖެއެވެ. މި މައުރަޒު ބޭއްވީ ސެޕްޓެމްބަރު މަހުގެ 4ވަނަ ދުވަހުއެވެ.

ރިނބުދޫ ސްކޫލުގެ ޕީޓީއޭ އިސްނަގައިގެން ކުރިއަށް ގެންދިޔަ ކާބޯތަކެތީގެ މައުރަޒު ކުރިއަށް ގެންދިޔައީ ބެލެނިވެރިން 3 ބަޔަކަށް ބަހާލައިގެން ވަރަށް ވާދަވެރިގޮތަކަށެވެ. މިމައުރަޒަށް މިހާބޮޑު ތަރުހީބެއް ލިބުނީ މިކަމަށް ބެލެނިވެރިން ދިން ފުރިހަމަ އެއްބާރުލުމުގެ ސަބަބުންނެވެ. މިމައުރުޒުގައި ދިވެހި އުފެއްދުންތަކުގެ ތަފާތު ވައްތަރުގެ ކާތަކެތި ވަނީ ވިއްކާފައެވެ.

ޕްރިންސިޕަލް މުޙައްމަދު ވަހީދު ވިދާޅުވީ، "މިފަދަ މައުރަޒުތައް އާންމުކޮށް ނުބާންވަން، މިކަމަކީ ވަރަށް ބުރަކަމެއް، ގާތްގަނޑަކަށް 1 މަސް ދުވަސް ތައްޔާރުވާން ނެގި" ކަމަށެވެ. ނަމަވެސް ސްކޫލުގެ ވަރަށް މުހިންމު ކަމެއްކުރުމަށް ފައިސާ ބޭނުންވާތީ މިއަހަރު ކާބޯތަކެތީގެ މައުރުޒު މިބޭއްވީ" ބެލެނިވެރިން މިކަންކުރީ އަމިއްލަ މަސައްކަތެއްގެ ގޮތުގައި ދެކިގެން، ސްކޫލަށްޓަކައި ވީގުރުބާނީއެއް"ގެ ގޮތުގައި ކަމަށް ޕުރިންސިޕަލް ވިދާޅުވިއެވެ.

ރިނބުދޫ ސްކޫލުން ބުނީ، ފައިސާ ހޯދަން ހިންގު މައުރަޒުން ލިބުނީ ކުރީ އަހަރުތަކާ އަޅާބަލާއިރު ރެކޯޑު އަދަދެއް ކަމަށެވެ. އެ ފައިސާ ހޯދަން އާންމުކޮށް ސްކޫލުން ކުރާކަމަކީ މަސައްކަތު ދުވަސް ފާހަގަކުރުމެވެ.  މަސައްކަތުގެ ދުވަސް ފާހަގަކޮށްގެން އެކަށީންވާ އަދަދެއް ނުލިބޭޑ ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މި ލިބުނު ފައިސާއިން ސްކޫލަށް ހެޔޮބަދަލެއް އަންނާނެ" ޕުރިންސިޕަލް ވަހީދު ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *