ދަރިވަރުންގެ ރަސްމީ ތައުލީމާއި މުދައްރިސުންގެ ފަންނީ ހުރަރު ތަރައްޤީ ކުރަން ތުރާކުނު ކައުންސިލުން އެރަށު ސްކޫލަށް 20،000 ރުފިޔާގެ ފައިސާގެ އެހީއެއް ވެދެއްވައިފިއެވެ.
މިއީ ކޮންމެ އަހަރަކު ވެސް ބަޖެޓްކޮށްގެން އެ ކައުންސިލުން ދެމުން އަންނަ އެހީއެކެވެ.
ރަށުގެ ތައުލީމީ ހާލަތު ބަދަލުކުރުމަށް ކައުންސިލުން މި އަހަރު ދޭ ފައިސާއާ އެ ރަށު ސްކޫލާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ގިނަ ކަންތައްތަކާ ބެހޭ ގޮތުން ވަނީ ތުރާކުނު ސްކޫލާއެކު މަޝްވަރާވެސް ކޮށްފައެވެ.
މި ބައްދަލުވުމުގައި އެ ކައުންސިލުގެ ޤުރުއާން މުބާރާތުގައި ތުރާކުނު ސުކޫލްގެ ފަރާތުން ފަންނީ އެހީތެރިކަން ބޭނުންވާ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ.
advertisment
ހިޔާލު