ޕީޓީއޭ އާއި ސަޕޯޓް ސްޓާފުންގެ އެހީތެރިކަމާއެކު ޝަރަފުއްދީން ސްކޫލުގައި ޤާއިމްކުރި "އިންޓަރ ގްރޭޓެޑް ޕްލޭ އޭރިޔާ" ހުޅުވައިފިއެވެ.
ހެދި ބޮޑުވަމުން ދާއިރު ދަރިވަރުންނަށް ޖިސްމާނީ ގޮތުން ލިބެން ޖެހޭ ހުނަރުތައް ތަރައްޤީ ކުރެވޭފަދަ ގޮތަކަށް ތައްޔާރުކޮށްފައިވާ މިތަން އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ހުޅުވައިދެއްވީ ޕީޓީއޭގެ ނާއިބު ރައީސާ ފާޠިމަތު ދިޔާނާއެވެ.

ހުރިހާ ކުދިން ޝާމިލުވާކޮށްގެން ބޭނުން ކުރެވޭގޮތަށް ފަރުމާކޮށްފައިވާ މި ޕާކަކީ، ލާމެހިގެން އެކިއެކި ކުޅިވަރު ކުޅުމާއެކު ތަފާތު ހުނަރުތައް ތަރައްޤީ ކުރުމަށާއި ދަރިވަރުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ހެޔޮ އަސަރުތަކެއް ކުރުވާނެ ތަނެއް ކަމަށް ޝަރަފުއްދީން ސްކޫލުން ބުނެއެވެ. ރާއްޖޭގެ އެހެން ތަނަކުން ފެނުނުން ނާދިރު މި ހިތްގައިމު ނަމޫނާ ޕާކުގެ މަސައްކަތްކުރީ އެ ސްކޫލުގެ ސަޕޯޓް ސްޓާފުންނެވެ. ޕާކަށް ބޭނުންވާ ހުރިހާ އާލާތްތަކެއް ފޯރުކޮށްދިނީ ޕީޓީއޭގެ ފަރާތުންނެވެ.

ޝަރަފުއްދީން ސްކޫލުގެ ޕްރިންސިޕަލް ހުސައިން މުސައްވިރު ވިދާޅުވީ، އެ ސްކޫލުގެ ގޯތިތެރޭގައި ޤާއިމްކޮށްފައިވާ އެ ޕާކަކީ ދަރިވަރުންނަށް ހިތްގައިމު ފެހި މާހައުލަކަށްވާނެ ކަމަށާއި އެއީ ދަރިވަރުން ސްކޫލާމެދު ދެކޭގޮތް ބަދަލުވެގެންދާނެ މުހިންމު ތަނެއް ކަމަށެވެ.

އޭނާ ވިދާޅުވީ ޕާކްގެ އިތުރުން ކުޅިވަރުކުޅެވޭނެ ތަނެއް ވެސް އެ ސްކޫލުގެ ޕްލޭނުގައި ހިމަނައިގެން ޤާއިމް ކުރަން ނިންމާފައިވާ ކަމަށެވެ.

ޝަރަފުއްދީން ސްކޫލުގައި ހާހަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު