ވާލްޑް ސްކޮލަރސް ކަޕް (ޑަބްލިޔުއެސްސީ)ގެ ގްލޯބަލް ރައުންޑްގައި ރާއްޖޭގެ ބްރައިޓެވޭ ސްކޫލުގެ ދަރިވަރުން 290 މެޑަލާއި 10 ޓްރޮފީ ހޯދައިފިއެވެ.
މިއީ މި މުބާރާތުގައި ރާއްޖެއިން ހޯދި އެންމެ ރަނގަޅު ނަތީޖާއެވެ. ޑަބްލިޔުއެސްސީގެ ޖޫނިއަރ އާއި ސީނިއާ ބައިގައި ބްރައިޓްވޭގެ 68 ދަރިވަރުން ވާދަކުރިއެވެ.

ޖޫނިއަރ ޑިވިޝަންގައި 59 ގެ ދަރިވަރުން ބައިވެރިވެ، 215 މެޑަލް ހޯދިއެވެ. އެއީ، 81 ރަން މެޑަލާއި 134 ރިހި މެޑަލުގެ އިތުރުން 5 ޓްރޮފީއެވެ. ބްރައިޓްވޭގެ އީޝަލް އިބްރާހީމް އިނާޒް (ގްރޭޑް 6) ޖޫނިއަރ ރައިޓިންގ އިން 1 ވަނަ ހޯދައި، އޭނާގެ އުފެއްދުންތެރިކަމާއި ކްރިޓިކަލް ވިސްނުން ބައިނަލްއަޤްވާމީ ފެންވަރުގައި ދައްކާފައިވެއެވެ. އޭނާގެ މި ހުނަރުގެ ސަބަބުން ވޯލްޑް ސްކޮލަރސް ކަޕްގެ ރަސްމީ ވިކިޕީޑިއާ ޕޭޖުން ޖާގަ ލިބިފައިވެއެވެ.

އެމެރިކާގެ ޔޭލް ޔުނިވާސިޓީގައި ކުރިއަށްދާ ޝަރަފުވެރި މުބާރާތް ޓޯނަމަންޓް އޮފް ޗެމްޕިއަންސް (ޓީއޯސީ) އަށް ޖޫނިއާ ޓީމުގެ 9 ދަރިވަރުން ކޮލިފައިވެފައިއެވެ.
ސީނިއަރ ޑިވިޝަންގައި 9 ދަރިވަރުން ބައިވެރިވެ ޖުމްލަ 75 މެޑަލް ހޯދިއެވެ. އެއީ 50 ރަން މެޑަލާއި 25 ރިހި މެޑަލްގެ އިތުރުން 5 ޓްރޮފީއެވެ.

އެ ސްކޫލުގެ މާޒް މުޙައްމަދު ރަޝީދާއި މުޙައްމަދު ލައިޤް އަދި ޢަބްދުالله އަލްސަން ހިމެނޭ ސީނިއަރ ޓީމުން، ސްކޮލަރސް ބޯލްއިން 2 ވަނަ ހޯދައި ޓީމް ޗެލެންޖް ޓްރޮފީ ހޯދާފައިވެއެވެ. އިތުރުން މާޒް ވަނީ ގްލޯބަލް ރައުންޑުން 5 ވަނަ ހޯދާފައެވެ. ޓީއޯސީ 2025 އަށް ސީނިއާ ތިން ޓީމު ވެސް ކޮލިފައިވިއިރު، ދެ ޓީމަކުން ރިހި މެޑަލް ހޯދިއެވެ. އަދި އެއް ޓީމުން ފަސް ވަނަ ހޯދިއެވެ.

އެމެރިކާގެ ޔޭލް ޔުނިވާސިޓީގައި ބާއްވާ ޓޯނަމަންޓް އޮފް ޗެމްޕިއަންސް (ޓީއޯސީ) ބުރަށް ބްރައިޓް ވޭގެ 12 ޓީމެއް ދިޔައެވެ. އަންނަ ނޮވެމްބަރު މަހުގެ ހަވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް އެމެރިކާގެ ޔޭލް ޔުނިވާސިޓީގައި ކުރިއަށްދާ ޗެމްޕިއަންސް މުބާރާތުގެ މުބާރާތުގައި ވެސް ބްރައިޓްވޭގެ ހުނަރުވެރި ދަރިވަރުން ރަނގަޅު ނަތީޖާއެއް ނެރޭނެ ކަމަށް ބްރައިޓްވޭއިން އުއްމީދު ކުރެއެވެ.
advertisment
ހިޔާލު