ދޭހައިގެ ޢަމަލީ މަސައްކަތްތައް ހިމަނައިގެން ސާނަވީ ދަރިވަރުންނަށް އަމާޒުކޮށް " އަޅުގަނޑުގެ ދޭހަފޮތް 2″ ނެރެފި

"އަޅުގަނޑުގެ ދޭހަ ފޮތް 2″ މި ނަމުގައި ދޭހައިގެ ޢަމަލީ މަސައްކަތްތައް ހިމަނައިގެން ސާނަވީ ދަރިވަރުންނަށް އަމާޒުކޮށް ތައްޔާރުކޮށްފައިވާ ދޭހައިގެ ފޮތެއް ނެރެފިއެވެ.

ޤައުމީ ކުތުބުހާނާގައި މިކަމަށްޓަކައި ބޭއްވި ހަފުލާގައި މި ފޮތް ނެރެދެއްވީ ދިވެހިބަހުގެ އެކަޑަމީގެ ބަސްކޮމެޓީގެ ރައީސް އަދި ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީގެ، ޕްލޭނިން އެޑްވައިޒަރ އަލްފާޟިލް ޙަމްދޫން ހަމީދެވެ.

މިފޮތަކީ އެސްއެސްސީ އިމްތިހާނުގައި ދަރިވަރުން އިމްތިހާނުކުރެވޭ އެއްބައިކަމުގައި ދޭހައިގެ ބަޔަކަށް އަމާޒުކޮށް ތައްޔާރުކޮށްފައިވާ ފޮތެކެވެ. ދިވެހި މާއްދާ ކިޔަވާ ގިނަކުދިންނަށް އެންމެ އުނދަގޫ އެއްބަޔަކީވެސް ދޭހައިގެ ބައެވެ. ޙަސަން ޒަހީނު ލިޔުއްވާފައިވާ މި ފޮތުގައި ދިނާއި، ޤައުމިއްޔަތާއި، ބަހާ ސަގާފަތަށް ހިއްވަރުދޭ ލިޔުއްވުންތައް ހިމަނާފައިވެއެވެ. ޖުމުލަ 20 ދޭހަ ހިމަނައިގެން ހަދާފައިވާ މިފޮތުގައި ހިމަނާފައިވާ ދޭހަތަކުގެ މަސައްކަތް ކުރުމަށް ފޮތުގައި ޖާގަ ދީފައިވެއެވެ. އަދި ދޭހަތައް ހެދުމަށްފަހު ދަރިވަރުންނަށް ރަނގަޅު ޖަވާބުތައް ބަލާލެވެއެވެ. މި ފޮތުގެ އެންމެ ފަހުބައިގައި ހިމަނާފައިވަނީ މި ފޮތުގައި ހިމަނާފައިވާ ދޭހައިގެ ސުވާލުތަކުގެ ރަނގަޅު ޖަވާބުތަކެވެ.

އަޅުގަނޑުގެ ދޭހަފޮތް 1 ގެ ނަމުގައި 2013 ވަނަ އަހަރު ޒަހީނުވަނީ ހަމަ މިފަދަ ފޮތެއް ނެރުއްވާފައެވެ. މީގެ އިތުރުން ކުޑަކުދިންނަށް އަމާޒުކޮށް ތަފާތު ފޮތްތައް އޭނާ ލިޔުއްވާފައިވެއެވެ. ކުޑަކުދިންނަށް ޙާއްޞަފޮތް ސަރުކާރު ޤަބޫލުކުރާ ފެންވަރަށް ދިވެހިބަހުން ލިޔުއްވާފައިވާތީ، ސަރުކާރުންދޭ ޚާއްޞަ އިމާން 2004 ވަނަ އަހަރާއި 2007 ވަނަ އަހަރު ޒަހީނަށް ލިބިލައްވާފައިވެއެވެ. ޒަހީނަކީ މިހާރުވެސް ދިވެހިބަސް ކިޔަވައިދެއްވަމުންގެންދަވާ އަދި ލިޔުންތެރިކަމުގެ ދާއިރާގައި ފާހަގަކުރެވޭ ބޭފުޅެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *