2023-2024 ވަނަ ދިރާސީ އަހަރު މޭނާ ސްކޫލުން އެއްމެ މޮޅު ދަރިވަރުންނަށް ހޮވުނީ އާއިޝަތު އިނާން ހަމީދާއި މުޙައްމަދު ސަހުދީ އަޙުމަދެވެ. އިނާން އެއްވަނަ ހޯދީ ސާނަވީ ބައިންނެވެ. ޝަހުދީ އެއްވަނަ ހޯދި މަތީ ސާނަވީންނެވެ.
އިނާމު ދިނުމުގެ ޙަފްލާ ޝަރަފުވެރިކޮއްދެއްވީ ޞިއްޙީ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ޢަހްމަދު ހަމްދާން ނާސިރެވެ.

ސަހުދީއަކީ މިދިޔަ އަހަރު މޭނާ ސްކޫލުގެ ކެޕްޓަނެވެ.

ސާނަވީއިން އެންމެ މޮޅު ދަރިވަރުގެ މަޤާމުގެ އިތުރުން ކިޔެވުމަށް އެންމެ މޮޅު ގާލް ގައިޑްގެ މަޤާމްވެސް ލިބުނީ އިނާނަށެވެ.
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި އެ ސްކޫލުގެ 4 ކުއްޖަކު ވަނީ ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައެވެ. އޭގެ އިތުރުން އެ ސްކޫލުގެ ޚަދީޖާ މީފާ މުސްތަފާ، ބިޒްނަސް އިން ދުނިޔެއިން ދިހަވަނަ ހޯދާފައިވެއެވެ.
އިތުރު ވަނަތަކަށް ބަލާއިރު، އެންމެ މޮޅު ސްކައުޓަކަށް ހޮވުނީ ހަސަން ރީމާޒު އަޙްމަދެވެ. ތައުލީމީ ގޮތުން އެންމެ ރަނގަޅު ސްކައުޓަކަށް ހޮވުނީ މުޙައްމަދު ޝާމިސްއެވެ. އެންމެ މޮޅު ގާލްގައިޑަކަށް ހޮވުނީ ހައްވާ މިޝްކާ ހުސައިނެވެ.
advertisment
ހިޔާލު