ހދ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލަކަށް ޣަނީ

ހދ. ވައިކަރަދޫގައި ހުންނަ އެ އަތޮޅު މަދަރުސާގެ ޕްރިންސިޕަލަކަށް އަބްދުލް ޣަނީ އަލީ ހަމަޖައްސަވައިފިއެވެ.

ޕްރިންސިޕަލަކަށް ހަމަޖެއްސެވުމުގެ ކުރިން ޣަނީ ހުންނެވީ އިސްކަންދަރު ސްކޫލުގެ ކެމިސްޓްރީ ޓީޗަރަކަށެވެ.

15 ވަރަކަށް އަހަރު ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރެއްވި އިރު، އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ އުފަން ރަށް ފ. ނިލަންދޫގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

އެސިސްޓެންޓް ޓީޗަރެއްގެ ގޮތުގައި ކިޔަވައިދެއްވަން ފެއްޓެވި ޣަނީ، 2011 ވަނަ އަހަރު ބެޗްލާސް ޑިގްރީ ނިންމައި، އޭގެ ފަހުން މާސްޓަރސިން އިން އެޑިޔުކޭޝަން ދާއިރާއިން ތަޢުލީމު ހާޞިލް ކުރެއްވިއެވެ. ބެޗްލާރސް ޑިގްރީއަށް ކިޔަވަމުން އަޙްމަދިއްޔާ ސްކޫލުގައި ހިސާބު މާއްދާ ކިޔަވައިދެއްވިއެވެ.

ބްޗްލާރސް ޑިގްރީއަށްފަހު ވެސް ޣަނީ މަސައްކަތް ކުރައްވަމުން ގެންދެވީ ފ. އޭއީސީއެވެ. ފަހުން ކިޔަވައިދެއްވީ އޭލެވެލްގެ ގުރޭޑް ތަކަށެވެ.

2019 ވަނަ އަހަރު ލީޑަރެއްގެ ޓީޗަރެއްގެ ޒިންމާ ނަންގަވައި މަސައްކަތް ކުރައްވަން ފެއްޓެވިއެވެ. ރަސްމީކޮށް ލީޑިންގ ޓީޗަރެއްގެ ގޮތުގައި ޖަމަޖެއްސެވީ 2021 ވަނަ އަހަރުއެވެ. 2024 ވަނަ އަހަރާ ހަމައަށް ލީޑިންގ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. އޭގެ ފަހުން، މަސައްކަތް ކުރެއްވީ ކެމިސްޓްރީ ޓީޗަރެއްގެ ގޮތުގައި އިސްކަންދަރު ސްކޫލުގައެވެ.

ޣަނީ ދަރިވަރުން ވިދާޅުވީ، ޕްރިންސިޕަލެއްގެ ހައިސިއްޔަތުން އޭނާ އެންމެ އިސްކަމެއް ދެއްވާނީ ނަތިޖާ ނެރެ، ރަނގަޅު މުޖްތަމައެއް ބިނާކުރަން އަޚްލާޤު ރަނގަޅު ދަރިވަރުންތަކެއް ނެރުމަށް ކަމަށެވެ. އެއާއެކު ގުޅިގެން މަސައްކަތް ކުރާ ޓީމެއް އެ މަދަރުސާގައި ބިނާކުރުމަށެވެ.

ވައިކަރަދޫގައި 200 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *