ނ. އަތޮޅު ޤުރްއާން ފެސްޓިވަލުން އެއްވަނަ ހެނބަދޫ ސްކޫލުން ހޯދައިފިއެވެ.
މި ފެސްޓިވަލުން ދެވަނަ ހޯދީ މާފަރު ސްކޫލުންނެވެ. ތިންވަނަ ހޯދީ މޭނާ ސްކޫލުންނެވެ.

މި ފެސްޓިވަލުން ބަލައިގެން ކިޔުމުން އެއްވަނަ ހޯދާ، 10،000 ރުފިޔާގެ ފައިސާގެ އިނާމް ހޯދީ މޭނާ ސްކޫލުގެ ޝައިމް ބިންތް އައްބާސްއެވެ. ނުބަލައި ކިޔުމުން އެއްވަނަ ހޯދާ، 10،000 ރުފިޔާގެ ފައިސާގެ އިނާމް ހޯދީ ނ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޢާއިޝަތު އަނުމް އަހްސަމެވެ.

ނ. ޤުރުއާން ފެސްޓިވަލް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝައިޙް އަބްދުﷲ ސައުދާނެވެ.
ނ. ޤުރުއާން ފެސްޓިވަލުން ބަލައިގެން ކިޔުމުން ދެވަނަ ހޯދީ ހެނބަދޫ ސްކޫލް އަރުޝަމް ރަޝީދެވެ. ތިންވަނަ ހޯދީ މޭނާ ސްކޫލުގެ ޢާއިޝަތު ޔޫލީ ޝާއިރެވެ. ނުބަލައި ކިޔުމުން ދެވަނަ ހޯދީ މާފަރު ސްކޫލުގެ ޢަމްރާ ބިންތް ޢަބްދުﷲ ޢާމިރެވެ. ތިންވަނަ ހޯދީ ކެނދިކުޅުދޫ ސްކޫލް ސާރާ ބިންތް އަހްމަދު ލިސާމެވެ.
advertisment
ހިޔާލު