އިތުރު ފަސް ސްކޫލެއްގައި އޭލެވެލްއަށް ކިޔަވައިދޭން ހުޅުވާލައިފި

އޭލެވެލްއަށް ކިޔަވައިދޭން ހުޅުވާލީ، ށ. އޭއީސީ އާއި ނ. އޭއީސީ އާއި ހއ. އަތޮޅު މަދަރުސާ އާއި އދ. އަތޮޅު މަދަރުސާގެ އިތުރުން ސ. އަތޮޅު މަދަރުސާގައި

މުޅި ރާއްޖެއަށް އޭލެވެލް ފުޅާކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން. އޭލެވެލްއަށް ކިޔަވައިދޭން އެޑިޔުކޭޝަން މިނިސްޓްރީގެ ހުއްދައާއެކު ފަސް ސްކޫލަކުން މިހާރު ވަނީ ފުރުޞަތު ހުޅުވާލާފައެވެ.

އޭލެވެލްއަށް ކިޔަވަން އަލަށް ހުޅުވާލީ:

ނ. އަތޮޅު ތަޢުލީމީ މަރުކަޒު (ވެލިދޫ)

އދ. އަތޮޅު މަދަރުސާ (މާމިގިލި)

ސ. އަތޮޅު މަދަރުސާ ( ހުޅުދޫ)

ހއ. އަތޮޅު މަދަރުސާ (ހޯރަފުށި)

ށ. އަތޮޅު ތައުލީމީ ތައުލީމީ މަރުކަޒު (ކޮމަންޑޫ)

މި ފަސް ސްކޫލުގައި އޭލެވެލްއަށް ކިޔަވައިދޭން ފަށާނީ އޭލެވެލް ފަށަން ބޭނުންވާ މިންވަރަށް ކުދިން ލިބި އެޑިޔުކޭޝަން މިނިސްޓްރީގެ ހުއްދަ ލިބުމުންނެވެ.

އޭލެވެލްއަށް ކިޔަވަން ހުޅުވާލި ސްކޫލުތަކުގެ ތެރޭގައި މީގެ ކުރިން ވެސް އޭލެވެލްއަށް ކިޔަވައިދިން ސްކޫލްތައް ހިމެނެއެވެ.

އޭލެވެލްގެ ކިޔެވުން ފަށާނީ އަންނަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަޙްމަދު މުޙައްމަދު ޕީއެސްއެމްގެ ރާއްޖެ މިއަދުގައި ވިދާޅުވީ، ރަނގަޅު ނަތީޖާ ހޯދާފައި ތިބި ގިނަ ދަރިވަރުންތަކެއް އެރަށެއްގައި މަޑުކޮށްގެން ތިބެގެން މަތީ ސާނަވީއަށް ކިޔަވަން ބޭނުންވާ ކަމުގައިވާނަމަ އެޑިޔުކޭޝަން މިނިސްޓްރީން މިހާރު ގެންގުޅޭ ވަކި މިންގަނޑުގެ ތެރެއިން އޭލެވެލް ފެށުމުގެ ފުރުސަތު ދޭނެ ކަމަށެވެ.

އޭލެވެލްއަށް ކިޔަވައިދޭން އެޑިޔުކޭޝަން މިނިސްޓްރީން ހުއްދަ ދިން ސްކޫލުތަކަކީ މި އަހަރު ކުރީކޮޅު ބޭއްވި އޯލެވެލް އިމްތިހާނުން އެކަށިގެންވާ ރަނގަޅު ނަތީޖާއެއް ހޯދި ސްކޫލްތަކެވެ.

އޭލެލްގައި ކިޔަވާ ދަރިވަރުން އިތުރުކުރުމުގެ ގޮތުން އޭލެވެލްއަށް ވަންނަ ކުރައިޓީރިއާއަށް ބޮޑު ބަދަލެއް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ގެނެސްފައެވެ. ގިނަ ކުދިންނަށް ފުރުޞަތު ފަހި ކުރުމުގެ ގޮތުން މި ގެނައި ބަދަލާއެކު އޯލެވެލްގެ ތިން މާއްދާއިން ފާސްވާ ކުދިންނަށް ވެސް އޭލެވެލްއަށް ކިޔެވުމުގެ ފުރުޞަތު ލިބެއެވެ. އަދި އޭލެވެލްއަށް ކިޔެވޭނެ ތަފާތު ތިން މަގެއް ވެސް އެ ގެނައި ބަދަލުތެރޭގައި ހިމެނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *