އއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ތިންބުރީގެ އިމާރާތެއް އަޅަން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ރައިސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، މި އިމާރާތުގެ އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ.އިސްމާޢީލު ޝަފީީޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢުދީއެވެ.
މި އިމާރާތުގައި ހިމެނެނީ ސްކިލް ލެބަކާއި ކޮމްޕިއުޓަރ ލެބަކާއި ނަމާދުކުރާނެ ތަނެއްގެ އިތުރުން ލައިބްރަރީއެކެވެ.
އއ. އޭއީސީއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން، މި އިމާރާތް ނިމުމުން ހައްލުވެގެންދާނެ ސަރުކާރުން ބުނެފައިވެއެވެ.
advertisment
ހިޔާލު