ވޯލްޑް ސްކޮލާސް ކަޕްގެ ގްލޯބަލް ރައުންޑްގައި ބައިވެރިވާން ވީއައިއެޗްއެސްގެ 36 ދަރިވަރުން މެލޭޝިއާއަށް

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ދަރިވަރުން، ވޯލްޑް ސްކޮލާސް ކަޕްގެ ގްލޯބަލް ރައުންޑްގައި ބައިވެރިވުމަށް މިއަދު މެލޭޝިއާއަށް ހިނގައްޖެއެވެ.

އެ މުބާރާތުގައި އެ ސްކޫލުން ބައިވެރިވާ އެ ސްކޫލުގެ 36 ދަރިވަރުންނާއެކު 4 އޮފިޝަލުން ބައިވެރިވިއެވެ.

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލަކީ މި މުބާރާތުގައި ފަޚުރުވެރި ރަން ވަނަތަކެއް ހާސިލްކޮށްފައިވާ ސްކޫލެކެވެ. މިގޮތުން 2023 ވަނަ އަހަރު ދޯހާގައި ބޭއްވި ގްލޯބަލް ރައުންޑުން، ދުނިޔޭ 55 ސްކޫލާ ވާދަކޮށް 1 ވަނަ ހޯދާފައިވެއެވެ. މިފަހަރު ވެސް އެ ސްކޫލުގެ ޓާގެޓަކީ 1 ވަނަ ހޯދުންކަމަށް ޓީމާ ހަވާލުވެ ހުންނެވި ޓީޗަރ އާމިނަތު ޝައްފަ ވިދާޅުވިއެވެ.

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލަކީ "ހަރިންމައިން ބޭރުން އުނގެނުން" މި ޝިޢާރުގެ ދަށުން ވަރަށް ބޮޑަށް ރޭވި ތަރުތީބުވެގެން ދަތުރުތައް ކުރާ ސްކޫލެއްކަން ފާހަގަކޮށްލެވެއެވެ. މިގޮތުން މި ސްކޫލަކީ ބިޒްނަސް އަދި ސައިންސް ސްޓްރީމް ދަރިވަރުންނަށް ޚާއްޞަކޮށްގެން މެލޭޝިއާއަށް ދަތުރުތައްކުރުމުގެ އިތުރުން ދިވެހިރާއްޖޭގެ ސަގާފަތާއި އާދަކާދައާއި ބަހުރުވަތަކަށް ދަރިވަރުން ހޭލުންތެރިކުރުމަށް ޓަކައި "ސަގާފީ ދަތުރު"ގެ ނަމުގައި މެދުކެނޑުމެއް ނެތި ރާއްޖޭގެ އެކިއެކި ސަރަހައްދުތަކަށް ދަތުރުތައް ކުރަމުންދާ ސްކޫލެކެވެ. މި ސްކޫލްގެ ބައޮލޮޖީ ކިޔަވާކުދިން އެ މާއްދާގެ ބައެއް ފިލާވަޅުތަކާ ގުޅޭ ގޮތުން ތަޖުރިބާ ހޯދުމަށް އެކި ރަށްރަށަށް މައިދާނީ ދަތުރު ދެއެވެ.

މިހާރު މި ސްކޫލަށް ދަރިވަރުން އަލަށް ވަނުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އަދި ގިނަ އަދަދެއްގެ ދަރިވަރުން މިހާރު ވެސް އެންރޯލްވެފައިވާ ކަމަށް ސްކޫލުން މަޢުލޫމާތު ދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *