އއ. އަތޮޅު މަދަރުސާގައި މަލްޓިޕާޕަސް ހޯލެއް އިމާރާތްކުރުމާއި، ޢިމްރާނީ ވަސީލަތް ތަރައްޤީކުރަން އެފްޑީސީއަށް

އއ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލާއި ޢިމްރާނީ ވަސީލަތް ތަރައްޤީކުރަން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްފިއެވެ.

ފެރިދޫގައި ހުންނަ އއ.އަތޮޅު މަދަރުސާއަށް މަލްޓިޕާޕަސް ހޯލް އިމާރާތަކާއި، އުމްރާނީ ވަސީލަތް ތަރައްޤީކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އއ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ފެރިދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވި ރައީސުލްޖުމްހޫރިއްޔާ އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފެރިދޫއަށް ވަޑައިގެން ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. އެ މަސައްކަތު އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ތައުލީމާ ބެހޭ ވަޒީރު، ޑރ. އިސްމާޢިލް ޝަފީޢުއެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ރައްޒާނެވެ.

ފެރިދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ވިދާޅުވީ އެ މަދަރުސާގެ އާ އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާނީ މަލްޓިޕާޕަސް ހޯލާއި، ކްލާސްރޫމްތަކުގެ އިތުރުން ސައިންސް ލެބާއި، ކޮމްޕިއުޓަރ ލެބް، ސްޓާފް ރޫމް، ލައިބްރަރީ، ސެން ކްލާސް ހެދުމުގެ އިތުރުން ވަށާފާރު ރޭވުމާއި އެ ހުރިހާ ވަސީލަތްތަކެއް ހިމަނައިގެން ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *