ސީއެޗްއެސްއީގެ ގުރޭޑް 11އަށް ވަންނަ ހުޅުވާލައިފި

ހުޅުމާލޭގައި ހުންނަ ސީއެޗްއެސްއީ އާއި މާލޭގައި ހުންނަ ސީއެޗްއެސްއީގެ ގުރޭޑް 11އަށް ވަންނަން އެ ދެ ސްކޫލުން ހުޅުވާލައިފިއެވެ.

އެ ދެ ސްކޫލަށް ވަންނަން ފުރަން ޖެހެނީ އެއް ފޯމެކެވެ. ޚިޔާރު ކުރާ ސްކޫލެއް ކަނޑައަޅަން އެ ފޯމުގައި ހިމަނާފައިވެއެވެ.

ސީއެޗްއެސްއީއަށް ވަންނަން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން ފޯމް ހުށައަޅަން ޖެހެނީ އަންނަ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ކުރިންނެވެ.

ސީއެޗްއެސްއީއަށް ވަންނަން ހުޅުވާލިއިރު، ހަތް ކުރައިޓީރިއާއެއް ކަނޑައަޅާފައިވެއެވެ. ކުރައިޓީރިއާތައް ކަނޑައަޅާފައި ވަނީ އޯލެވެލްގައި ފާސްވި މާއްދާތަކަށް ބަލައިގެންނެވެ. ތިން މާއްދާއިން ފެށިގެން ފަސް މާއްދާއާ ހަމައަށް ފާސްވެފައިވާ ދަރިވަރުންނަށް ބޭނުން ސްޓްރީމެއް ކަނޑައެޅުމުގެ ފުރުޞަތު ލިބެއެވެ.

ސީއެޗްއެސްއީ އަށް ވަންނަން ހުޅުވާލިއިރު، އެޑކިޔުކޭޝަން މިނިސްޓްރީން ވަނީ އޭލެވެލްއަށް ކިޔަވާ ދަރިވަރުންގެ އަދަދު ބޮޑުތަކުން އިތުރުކުރުމަށް ގުރޭޑް 11އާއި 12އަށް ވަނުމަށް ކުރިން ކަނޑައަޅާފައިވާ ޝަރުޠުތަކަށް ބޮޑު ބަދަލެއް ގެނެސްފައެވެ. މި ބަދަލާއެކު ގުރޭޑް 10 ނިންމާ ގިނަ ދަރިވަރުންނަށް އޭލެވެލްއަށް ފުރުޞަތު ފަހިވެގެންދާނެއެވެ.

ސީއެޗްއެސްއީގެ ދެ ސްކޫލުން ގިނަ ދަރިވަރުންނަށް މި އަހަރު ފުރުޞަތު ދޭނެ ކަަމަށް އެޑިޔުކޭޝަން މިނިސްޓްރީން މީގެކުރިން ބުނެފައިވެއެވެ.

މާލެ ސަރަހައްދުގައި ސީއެޗްއެސްއީގެ ދެ ސްކޫލުގެ އިތުރުން ވީއައިއެޗްއެސްއާއި އަޙްމަދިއްޔާގެ އިތުރުން ބިލަބޮންގގައި އޭލެވެލްއަށް ކިޔަވައިދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *