އެސްއެސްސީ އިމްތިޙާނުގެ ގުރޭޑް ތްރެޝްހޯލްޑް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސްއިން މިއަދު އާންމު ކޮށްފިއެވެ. އޯލެވެލްގެ ނަތީޖާ ވެސް މިއަދު ދޫކުރަމުންދާއިރު، މިއީ ސާނަވީ އިމްތިޙާނުގެ ތްރެޝްހޯލްޑް ގުރޭޑްތައް އެ ޑިޕާޓްމަންޓުން އާންމު ކުރި ފުރަތަމަ އަހަރެވެ. މިދިޔަ އަހަރު ވަނީ މަތީ ސާނަވީގެ ތްރެޝްހޯލްޑް ގުރޭޑްތައް އާންމުކޮށްފައެވެ.
އެސްއެސްސީ ދިވެހި މާއްދާގެ ގުރޭޑް ތްރެޝްހޯލްޑްއަށް ބަލާއިރު، މިދިޔަ އަހަރަށްވުރެ މި އަހަރު ތްރެޝްހޯލްޑް މަތިކޮށްފައިވެއެވެ.
އިސްލާމް މާއްދާއަށް ބަލާއިރު، ހުރިހާ ގުރޭޑްތަކެއްގައި ވެސް އިސްލާމުން ގުރޭޑްތަކަށް ދީފައިވާ މާކްސް މިދިޔަ އަހަރަށްވުރެ މި އަހަރު ދަށެވެ. އަރަބިކް މާއްދާއަށް ބަލާއިރު ބަދަލެއް ގެނެސްފައި ވަނީ އޭ އާއި ބީ ގުރޭޑަށެވެ. އޭ ގުރޭޑް 74އިން 75އަށް މަތިކޮށްފައިވެއެވެ. ބީ ގުރޭޑް 56އިން 60އަށް މަތިކޮށްފައިވެއެވެ.
ދިވެހި މާއްދާގެ ގުރޭޑްތަކުގެ ތްރެޝްހޯލްޑް
އޭ ސްޓަރ، 75 މާކްސް
އޭ، 64
ބީ، 53
ސީ، 35
ޑީ، 24
އީ، 13
ޔޫ، 12
އިސްލާމް މާއްދާގެ ގުރޭޑްތަކުގެ ތްރެޝްހޯލްޑް
އޭ ސްޓަރ، 81
އޭ، 68
ބީ، 54
ސީ، 34
ޑީ، 23
އީ، 12
ޔޫ، 11
ޢަރަބި މާއްދާގެ ގުރޭޑްތަކުގެ ތްރެޝްހޯލްޑް
އޭ ސްޓަރ، 85
އޭ، 75
ބީ، 60
ސީ، 35
ޑީ 25
އީ، 15
ޔޫ ، 14


advertisment
ހިޔާލު