މި އަހަރުގެ އެޕްރީލް/ މެއި ގައި ކުރިއަށް ގެންދިޔަ އޯލެވެލް އިމްތިޙާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް އިން ބުނެފައިވާ ގޮތުގައި، ނަތިޖާ ދޫކުރަން ފެށީ މިއަދު 13:00އިން ފެށިގެން ކަމަށެވެ.
ސްކޫލްތަކުން ބައިވެރިވި ދަރިވަރުންގެ ނަތީޖާ ދޫކުރަނީ އެ ސްކޫލަކުންނެވެ. އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ފަރާތްތަކުގެ ނަތީޖާ ދޫކުރާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30އިން މެންދުރު 13:30 އަށް އެ ޑިޕާޓްމަންޓުންނެވެ.
އެސްއެސްސީ އާއި ކެމްބްރިޖު އައިޖީސީއެސްސީ އިމްތިހާނު ހިމެނޭ ގޮތަށް، 260 ސެންޓަރަކުން 8،362 ދަރިވަރުން މި އަހަރުގެ އިމްތިހާނުގައި ބައިވެރިވެފައިވެއެވެ. ކެމްބްރިޖް އޯލެވެލްގައި 7666 ދަރިވަރުން، އެސްއެސްސީގައި 7519 ދަރިވަރުން ބައިވެރިވެފައިވެއެވެ.
advertisment
ހިޔާލު