ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ޝަރީޢާ ޕީއެޗްޑީ ޕްރޮގްރާމަށް ހޮވޭ އިމާމުން ސްޕޮންސަރކޮށް ދެއްވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިއުލާންކުރައްވައިފިއެވެ.
ދެވަނަ ޓާމުގައި ޕީއެޗްޑީގެ 16 ޕްރޮގްރާމެއް ކުރިއަށް ގެންދަން އެމްއެންޔޫއިން ވަނީ އިއުލާން ކޮށްފައެވެ. މި 16 ޕްރޮގްރާމުގެ ތެރޭގައި ޝަރީއާގެ އިތުރުން އިސްލާމިކް ސްޓަޑީޒާއި ސިއްޙަތާ ގުޅުން ހުރި ޕްރޮގްރާމެއްގެ އިތުރުން ސައިންސާއި އިންޖިނިއަރިންގ ދާއިރާގެ ޕްރޮގްރާމްތައް ހިމެނެއެވެ.
ޑރ. ޝަހީމް، މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ޝަރީއާ ޕީއެޗް ޕްރޮގްރާމަށް ހޮވޭ އިމާމުން ސްޕޮންސަރކޮށް ދެއްވުމުގެ އިތުރުން އެލަވަންސެއް ވެސް ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ.
އޭނާ އެދިވަޑައިގަތީ ވީހާވެސް ގިނަ ފަރާތްތަކުން އެ ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ. އަދި އޭނާ ވަނީ އިސްލާމީ ދާއިރާއިން ޕީއެޗްޑީގެ ފުރުޞަތު ހުޅުވާލި ކަމަށްޓަކައި އެމްއެންޔޫއަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.
އެމްއެންޔޫއިން އަލަށް އިއުލާން ކުރި ޕީއެޗްޑީ ޕްރޮގްރާމްތައް:
1- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އެޕްލައިޑް ސައިންސް (އެޕްލައިޑް މެތްމެޓިކްސް)
2- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އެޕްލައިޑް ސައިންސް (މެޓީރިއަލް ސައިންސް)
3- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އެޕްލައިޑް ސައިންސް (ފިޒިކްސް)
4- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އެޕްލައިޑް ސައިންސް (ކޮމްޕިއުޓަރ ސައިންސް)
5- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އެޕްލައިޑް ސައިންސް (އެންވަޔަރަމަންޓަލް ސައިންސް)
6- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އެޕްލައިޑް ސައިންސް (ބައޮލޮޖީ)
7- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އެޕްލައިޑް ސައިންސް (ޑޭޓާ ސައިންސް)
8- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އެޕްލައިޑް ސައިންސް (ކެމިސްޓްރީ)
9- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އިންޖިނިއަރިންގ (މެކޭނިކަލް އިންޖިނިއަރިންގ)
10- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އިންޖިނިއަރިންގ (ކޮމްޕިއުޓަރ އިންޖިނިއަރިންގ)
11- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އިންޖިނިއަރިންގ (އިލެކްޓިރިކަލް އިންޖިނިއަރިންގ)
12- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އިންޖިނިއަރިންގ (ކެމިކަލް އިންޖިނިއަރިންގ)
13- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އިންޖިނިއަރިންގ (އެންވަޔަރަމަންޓަލް އިންޖިނިއަރިންގ)
14- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން ޕަބްލިކް ހެލްތް
15- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން ޝަރީޢާ
16- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އިސްލާމިކް ސްޓަޑީޒް
އެމްއެންޔޫގެ ކޮންމެ ފެކަލްޓީއަކުން މަދުވެގެން ޕީއެޗްޑީގެ އެއް ކޯސް އަންނަ އަހަރު ކުރިއަށް ގެންދަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ޔުނިވަރސިޓީން ބުނެފައިވެއެވެ. މިހާރު ވެސް އިތުރު ތިން ދާއިރާއަކުން ޕީއެޗްޑީގެ ޕްރޮގްރާމްތައް ފަށަން އެމްކިޔުއޭގެ ހުއްދައަށް ހުށައަޅާފައިވާ ކަމަށް އެމްއެންޔޫއިން ބުނެއެވެ.
އެމްއެންޔޫގެ ޕީއެޗްޑީ ޕްރޮގްރާމްތަކުގެ ދިގުމިނަކީ ފުލްޓައިމްކޮށް ކިޔަވާނަމަ ތިން އަހަރު ދުވަހެވެ. ޕާޓް ޓައިމްކޮށް ކިޔަވާނަމަ ހަ އަހަރު ދުވަހެވެ.
advertisment
ހިޔާލު