ގިނަ ދަރިވަރުންނަށް މަތީ ސާނަވީއަށް ކިޔަވަން ފުރުޞަތު ފަހިވާގޮތަށް އުޞޫލަށް ބަދަލެއް

މަތީ ސާނަވީއަށް ކިޔެވުމުގައި ގިނަ ދަރިވަރުންނަށް ފުރުޞަތު ފަހިވާގޮތަށް ގުރޭޑް 11 އަދި 12އަށް ކުދިން ވެއްދުމުގެ އުޞޫލަށް ބަދަލުތަކެއް ގެނެސްފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ސްކޫލުތަކަށް ފޮނުވި ސާކިއުލާގައި، ގުރޭޑް 11 އަދި 12ގައި އުނގެނުމުގެ ތިން މަގެއް ވަނީ ކަނޑައަޅާފައެވެ. އެއީ، އެކަޑަމީކް ސްޓްރީމް މަގާއި، ސްކޫލްތަކުގައި ކުރިއަށް ގެންދާ (ސްކޫލް – ބޭސްޑް) ވޮކޭޝަނަލް އެޑިޔުކޭޝަން އާއި މަސައްކަތުގެ މާހައުލުގައި (ވޯކް ބޭސްޑް) ކިޔެވުމުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، ގުރޭޑް 10 ނިންމާ ދަރިވަރުންގެ ތެރެއިން މަތީ ސާނަވި ކިޔެވުމަށް ކަނޑައަޅާފައިވާ ތިން ގޮތުންކުރެ ކޮންމެ ގޮތަކަށް ކިޔެވުން ކުރިއަށް ގެންދަން ފުރުޞަތު ދިން ނަމަވެސް ކަނޑައަޅާފައިވާ ކޮންމެ ވެސް އެއް ޝަރުޠެއް ހަމަވާންޖެހޭނެ ކަމަށެވެ.

އެކަޑަމިކް ސްޓްރީމްތަކަށް ވަނުމުގެ ޝަރުޠުތައް:
  • އެސްއެސްސީ އިމްތިޙާނުގެ ދިވެހި ނުވަތަ އިސްލާމިކް ސްޓަޑީޒްއިން ދަށްވެގެން ސި ފާސް ލިބިފައިވުމާއެކު، އައިޖީސީއެސްސީ ޖީސީސީ އޯލެވެލް އިމްތިހާނުން ސްޓްރީމް ދެ މާއްދާ ހިމެނޭގޮތަށް ހަތަރު މާއްދާއިން ދަށެވެގެން ފާސް ލިބިފައިވުން.
  • އެސްއެސްސީ އިމްތިޙާނުގެ ދިވެހި ނުވަތަ އިސްލާމްގެ އިތުރަށް ހިސާބުން ދަށްވެގެން ލިބިފައިވުމާ އެކު ސްޓްރީމްގެ (ސައިންސް، ބިޒްނަސް ނުވަތަ އާޓްސް)ގެ ދެ މާއްދާއަކުން ސީ ލިބިފައި ވުން.
  • އޯ ލެވެލް އިމްތިހާނުގައި ދިވެހި ނުވަތަ އިސްލާމުން ދަށްވެގެން ސީ އާ އެކު ކޮންމެވެސް އެއް ސްޓްރީމެއްގެ (ސައިންސް، ބިޒްނަސް ނުވަތަ އާޓްސް)ގެ ދެ މާއްދާއިން ސީ ހޯދައި ކުރިއަށްދާން ބޭނުންވާ މަސައްކަތުގެ ދާއިރާއާ ގުޅޭ އިހުތިޔާރީ އެއް މާއްދާއަކުން ސީ ލިބިފައިވުން
  • އައިޖީސީއެސްސީ ޖީސީސީ އޯލެވެލްގެ ހިސާބު ނޫނީ އިނގިރޭސިން ދަށްވެގެން ސީ ލިބިފައި ވުމާ އެކު ކޮންމެވެސް އެއް ސްޓްރީމަކުން (ސައިންސް، ބިޒްނަސް ނުވަތަ އާޓްސް)ގެ ދެ މާއްދާއިން ސީ ލިބިފައި ވުން.
  • އައިޖީސީއެސްސީ ޖީސީސީ އޯލެވެލްގެ ހިސާބުން ދަށްވެގެން ސީ ލިބިފައިވުމާ އެކު ކޮންމެވެސް އެއް ސްޓްރީމަކުން (ސައިންސް، ބިޒްނަސް ނުވަތަ އާޓްސްގެ) މަދުވެގެން އެއް މާއްދާއިން ސީ ލިބިފައި ވުމާއެކު ސްޓްރީމް މާއްދާއާ ގުޅުންހުރި އިހުތިޔާރީ އެއް މާއްދާއިން ސީ ލިބިފައިވުން.
  • އައިޖީސީއެސްސީ ޖީސީސީ އޯލެވެލްގެ އިނގިރޭސިން ދަށްވެގެން ސީ ލިބިފައިވުމާ އެކު ކޮންމެވެސް އެއް ސްޓްރީމަކުން (ސައިންސް، ބިޒްނަސް ނުވަތަ އާޓްސްގެ) މަދުވެގެން އެއް މާއްދާއިން ސީ ލިބިފައި ވުމާއެކު ސްޓްރީމް މާއްދާއާ ގުޅުންހުރި އިހުތިޔާރީ އެއް މާއްދާއިން ސީ ލިބިފައިވުން.
  • އިންޑިވިޖުއަލް ކަރިކިއުލަމް ޕްލޭން (އައިސީޕީ)އޯ ލެވެލް ހަދާ ކުދިން އޯ ލެވެލް ނިންމައި ބައިވެރިވި މާއްދާތަކުގެ ތެރެއިން ކޮންމެވެސް ދެ މާއްދާއިން ސީ ލިބިފައިވުން.

2- ފިއާސަން ބީޓެކް އިންޓަނޭޝަނަލް ލެވެލް 3 ޑިޕްލޮމާ، އެކްސްޓެންޑާޑް ޑިޕްލޮމާ އަދި ސްކޫލު ޓިވެކް ކޯހާއި މަސައްކަތުގެ މާހައުލުގައި ކިޔެވުމުގެ އެޕްރެންޓިޝިޕް ޕްރޮގްރާމަށް ވަނުމުގެ ޝަރުތުތައް:

  • ފިއާސަން ބީޓެކް އިންޓަނޭޝަނަލް ލެވެލް 2 ޑިޕްލޮމާ ނުވަތަ ސްކޫލް ޓިވެކް ކޯހުން ދަށްވެގެން "ފާސް" ލިބިފައި ވުންއޯ ލެވެލްގެ ކޮންމެވެސް ތިން މާއްދާއަކުން ދަށްވެގެން ސީ ލިބުން.

3- މަސައްކަތުގެ މާހައުލުގައި ކިޔެވުމަށް (އެޕްރެންޓިސްޝި ޕްރޮގްރާމް) ވަނުމުގެ ޝަރުޠުތައް:

ޕިއަރސަން ބީޓެކް އިންޓަރނޭޝަނަލް ލެވެލް 2 ޑިޕްލޮމާ ނުވަތަ ސްކޫލް ޓިވެޓް ކޯހުން ދަށްވެގެން "ޕާސް" ލިބިފައިވުން.

ޖީސީއީ އޯލެވެލް އިމްތިޙާނާއި އެސްއެސްސީ އިމްތިޙާނުގެ ކޮންމެވެސް އެއް މާއްދާއަކުން ދަށްވެގެން ސީ ފާސް ލިބިފައިވުން.

އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ، އިންޑިވިޖުއަލް ކަރިކިއުލަމް ޕްލޭންގެ ދަށުން (އައިސީޕީ) ކިޔެވުން ފުރިހަމަކުރާ ދަރިވަރުންގެ ތެރެއިން އެކަޑަމިކް ސްޓްރީމް ނޫން ގޮތްގޮތުން ކިޔަވަން ބޭނުންވާ ދަރިވަރުން ސްކޫލަށް ވެއްދުމުގެ ކަންތައް ކުރިއަށް ގެންދާނީ އެ މިނިސްޓްރީން ކަމަށެވެ.

ކީ ސްޓޭޖް 5ގައި ކިޔެވުމުގެ ފުރުޞަތު ދިނުމުގައި ބަލާނީ، ހިނގަމުންދާ އަހަރުގެ 31 ޑިސެމްބަރަށް 18 އަހަރު ފުރިފައި ނުވުމާއި ފާއިތުވި ދެ އަހަރުގެ އެސްއެސްސީ އާއި އައިޖީސީއެސްސީ ޖީސީއީ އޯލެވެލް އަދި ބީޓެކް އިމްތިޙާނުގެ ނަތީޖާއަށް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ. އަދި އެ މިނިސްޓްރީން ބުނީ، ސާނަވީއަށް ކިޔަވައިދޭ އަތޮޅުތަކުގެ ސްކޫލްތަކުގައި ޖާގަ އޮތްނަމަ، މަތީގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަ ނުވާ ދަރިވަރުންނަށް އެ މިނިސްޓްރީގެ ހުއްދައާއެކު ފުރިޞަތު ދެވިދާނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *