ސައިންސާއި އިންޖިނިއަރިންގ ދާއިރާ ހިމެނޭގޮތަށް ޕީއެޗްޑީގެ 16 ޕްރޮގްރާމެއް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން މިއަދު އިފްތިތާޙްކޮށްފިއެވެ.
މިއީ މިހާ ގިނަ އަދަދެއްގެ ޕީއެޗްޑީ ކޯސްތަކެއް އެ ޔުނިވަރސިޓީން އިއުލާން ކުރި ފުރަތަމަ ފަހަރެވެ. މިހާރު އެ ޔުނިވަރސިޓީން ހިންގަމުން އަންނަނީ ޕީއެޗްޑީގެ ދެ ޕްރޮގްރާމެކެވެ. އެ ދެ ޕްރޮގްރާމުގައި 10 ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
އެމްއެންޔޫއިން އަލަށް ފަށާ ޕީއެޗްޑީ ޕްރޮގްރާމްތަކުގެ ތެރޭގައި ސައިންސާއި އިންޖިނިއަރިންގ އިތުރުން ޕަބްލިކް ހެލްތާއި ޝަރީޢާ އާއި އިސްލާމިކް ސްޓަޑީޒް ހިމެނެއެވެ.
އެމްއެންޔޫއިން އަލަށް އިއުލާން ކުރި ޕީއެޗްޑީ ޕްރޮގްރާމްތައް:
1- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އެޕްލައިޑް ސައިންސް (އެޕްލައިޑް މެތްމެޓިކްސް)
2- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އެޕްލައިޑް ސައިންސް (މެޓީރިއަލް ސައިންސް)
3- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އެޕްލައިޑް ސައިންސް (ފިޒިކްސް)
4- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އެޕްލައިޑް ސައިންސް (ކޮމްޕިއުޓަރ ސައިންސް)
5- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އެޕްލައިޑް ސައިންސް (އެންވަޔަރަމަންޓަލް ސައިންސް)
6- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އެޕްލައިޑް ސައިންސް (ބައޮލޮޖީ)
7- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އެޕްލައިޑް ސައިންސް (ޑޭޓާ ސައިންސް)
8- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އެޕްލައިޑް ސައިންސް (ކެމިސްޓްރީ)
9- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އިންޖިނިއަރިންގ (މެކޭނިކަލް އިންޖިނިއަރިންގ)
10- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އިންޖިނިއަރިންގ (ކޮމްޕިއުޓަރ އިންޖިނިއަރިންގ)
11- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އިންޖިނިއަރިންގ (އިލެކްޓިރިކަލް އިންޖިނިއަރިންގ)
12- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އިންޖިނިއަރިންގ (ކެމިކަލް އިންޖިނިއަރިންގ)
13- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އިންޖިނިއަރިންގ (އެންވަޔަރަމަންޓަލް އިންޖިނިއަރިންގ)
14- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން ޕަބްލިކް ހެލްތް
15- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން ޝަރީޢާ
16- ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އިސްލާމިކް ސްޓަޑީޒް
ޕީއެޗްޑީގެ އިތުރުން އަލަށް ފަށާ ކޯސްތަކުގެ މައުލޫމާތު ދިނުމަށް މިއަދު އެ ޔުނިވަރސިޓީގައި ބޭއްވި ބައްދަލުވުމުގައި ވައިސް ޗާންސެލަރު، ޑރ. އާއިޝަތު ޝެހެނާޒު އާދަމް ވިދާޅުވީ، ޕީއެޗްޑީގެ ކޯސްތަކާއެކު ގިނަ ދާއިރާތަކުން ރިސަރޗް ހެދުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށެވެ. އަދި އޭނާ ވިދާޅުވީ، އިތުރު ތިން ދާއިރާއަކުން ޕީއެޗްޑީގެ ކޯސްތައް ހިންގަން އެމްކިޔުއޭގެ ހުއްދަ ހޯދަން ހުށައަޅާފައިވާ ކަމަށާއި އެ ކޯސްތަކަށް ވެސް މި އަހަރުގެ ތެރޭގައި އިއުލާން ކުރެވި ފެށޭވަރުވާނެ ކަމަށެވެ.
ޑރ. ޝެހެނާޒު ވިދާޅުވީ، އެ ޔުނިވަރސިޓީގެ ކޮންމެ ފެކަލްޓީއަކުން މަދުވެގެން ޕީއެޗްޑީގެ އެއް ކޯސް އަންނަ އަހަރު ކުރިއަށް ގެންދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެމްއެންޔޫގެ ޕީއެޗްޑީ ޕްރޮގްރާމްތަކުގެ ދިގުމިނަކީ ފުލްޓައިމްކޮށް ކިޔަވާނަމަ ތިން އަހަރު ދުވަހެވެ. ޕާޓް ޓައިމްކޮށް ކިޔަވާނަމަ ހަ އަހަރު ދުވަހެވެ.
ދެވަނަ ޓާމުގައި ކިޔަވަން ފަށާ އިތުރު ދެ ކޯހެއް ވެސް މިއަދު ވަނީ އިފްތިތާހު ކޮށްފައެވެ. އެއީ،
- ޑިޕްލޮމާއިން އެގްރިކަލްޗަރ ސައިންސް
- ބެޗްލަރ އޮފް އާރޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް
ޑރ. ޝެހެނާޒު ވިދާޅުވީ، ޕެރަމެޑިސިން އާއި އޮކިއުޕޭޝަނަށް ތެރަޕީ އާއި ސްޕީޗް ތެރަޕީގެ އިތުރުން ރޭޑިއޯ ގްރަފީގެ ކޯސްތަކެއް ފަރުމާކޮށް ހުއްދަ ހޯދުމުގެ މަރުހަލާގައިވާ ކަމަށެވެ. އަދި ފިޝަރީޒް ދާއިރާގެ މަސްޓަރސް ރިސަރޗް ޕްރޮގްރާމަކާއި ސެކިއުރިޓީގެ ދާއިރާއިން މާސްޓަރސް ރިސަރޗް އިން ސެކިއުރިޓީ ސްޓަޑީޒްގެ ކޯހެއް ފަރުމާކޮށް ހުއްދަ ހޯދުމުގެ މަރުހަލާގައިވާ ކަމަށެވެ.
advertisment
ހިޔާލު