މި އަހަރަށްވުރެ ކިޔަވައިވައިދޭ ދުވަސްތައް އިތުރުކޮށް 2026 ދިރާސީ އަހަރުގެ ދިރާސީ ކަލަންޑަރު ނެރެފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ވަގުތީ ކަލަންޑަރުގައިވާ ގޮތުން އަންނަ ދިރާސީ އަހަރު 199 ދުވަހު ކިޔަވައިދޭނެއެވެ. އެއީ މި ހިނގާ ދިރާސީ އަހަރަށްވުރެ 19 ދުވަސް އިތުރު އަދަދެކެވެ.
މި އަހަރު ކިޔަވައިދޭނެ ކަމަށް ދިރާސީ ކަލަންޑުގައި ފާހަގަކޮށްފައި ވަނީ 180 ދުވަހެވެ. އެ ދުވަސްތަކުގެ ތެރެއިން ބައެއް މުނާސަބަތުތަކާ ގުޅިގެން ސަރުކާރު ބަންދުކުރުމުން ކިޔަވައިދިން ދުވަސްތަކަށް ބަދަލުތަކެއް ވަނި އައިސްފައެވެ.
2026 ވަނަ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގައި ސްކޫލް ދުވަހުގެ ގޮތުގައި 107 ދުވަސް ކަނޑައަޅާފައިވެއެވެ. އޭގެތެރެއިން ކިޔައިވައިދިނުމަށް ހޭދަކުރާނީ 84.5 ދުވަހެވެ. އިމްތިޙާނާއި ރިޕޯޓް ތައްޔާރު ކުރުމަށް 13 ދުވަސް ހޭދަވާނެއެވެ. ޕީޑީގެ ގޮތުގައި ހަ ދުވަސް ކަނޑައަޅާފައިވާއިރު ކިޔަވައި ނުދޭ ދުވަސްތަކުގެ ގޮތުގައި 3.5 ދުވަސް ކަނަޑައަޅާފައިވެއެވެ. ދެވަނަ ޓާމުގައި ކިޔަވައިދޭނީ 92 ދުވަހުއެވެ. އޭގެތެރެއިން ކިޔައިވައިދިނުމަށް ހޭދަކުރާނީ 75.5 ދުވަހެވެ. އިމްތިޙާނާއި ރިޕޯޓް ތައްޔާރު ކުރުމަށް 13 ދުވަސް ހޭދަވާނެއެވެ. ޕީޑީގެ ގޮތުގައި އެއް ދުވަސް ކަނޑައަޅާފައިވާއިރު ކިޔަވައި ނުދޭ ދުވަސްތަކުގެ ގޮތުގައި 2.5 ދުވަސް ކަނަޑައަޅާފައިވެއެވެ.
2026 ވަނަ ދިރާސީ އާ އަހަރު ކިޔެވުން ފަށާނީ އަންނަ ޖެނުއަރީ 27ގައެވެ. އެ ޓާމުގެ މެދު ޗުއްޓީ ލިބޭނީ މެއި މަހުގެ 24 އިން 30 އަށެވެ. ފުރަތަމަ ޓާމު ނިމި ޗުއްޓީ ލިބޭނީ ޖުލައި 17 އިން އޮގަސްޓް 1 އަށެވެ. ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ އޮގަސްޓް 2 ގައެވެ. ދެވަނަ ޓާމުގެ މެދު ޗުއްޓީ ލިބޭނީ ސެޕްޓެމްބަރު 13 އިން 19 އަށެވެ. ބޮޑު ޗުއްޓީ ލިބެނީ ޑިސެމްބަރު 18 އިން ޖެނުއަރީ 12 އަށެވެ.


advertisment
ހިޔާލު