ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ފޮތް މައުރަޒު އަންނަ ސެޕްޓެމްބަރު މަހުގެ 11އިން 13އަށް ބާއްވަން ނިންމައި، މައުރަޒުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.
އެމްއެންޔޫ ފޮތް މައުރަޒަކީ ކޮންމެ އަހަރަކު ވެސް އެ ޔުނިވަރސިޓީން ކުރިއަށް ގެންދާ ބޮޑު ހަރަކާތެކެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ ފޮތް މައުރަޒަކީ ފޮތް އުފައްދާމީހުންނާއި ވިއްކާމީހުންނާއި ގަންނަމީހުންގެ ބާޒާރެކެވެ. މި މައުރަޒަކީ ދިވެހި ލިޔުންތެރީން ތަފާތު ބަސްތަކުން ލިޔެފައިވާ
ފޮތްތައް ކިޔުންތެރީންނާ ހަމައަށް ފޯރުކޮށްދޭން ދެވޭ ފުރުޞަތެކެވެ.

އެމްއެންޔޫގެ ފޮތް މައުރަޒުގެ މަޤްޞަދަކީ ދިވެހި ލިޔުންތެރިންނަށް އެ ފަރާތްތަކުގެ ހުނަރު އާންމުންނަށް ދައްކާލެވޭނޭ ފުރުޞަތު ތަނަވަސްކޮށްދިނުމާއި ޝާއިޢު ނުކުރެވި ހުރި އައު ފޮތް ފަދަ އާލާތްތައް އާންމުންނާއި ހަމައަށް ގެނެސް ދެވޭނޭ މާޙައުލެއް އުފެއްދުމެވެ. އަދި އެހެންމެ ފޮތަށް އަހުލުވެރިކުރުވުމާއި ފޮތް ކިޔުމުގެ އާދަ އުފައްދާ ދެމެހެއްޓުމުގެ ޝައުޤު އުފެއްދުމެވެ.
އެމްއެންޔޫ ފޮތް މައުރަޒުގައި ބައިވެރިވާން ފީ އެއް ދައްކާކަށް ނުޖެހެއެވެ. މައުރަޒުގައި ބައިވެރިވާން ގޫގުލް ރަޖިސްޓްރޭޝަން ލިންކުން ރަޖިސްޓްރީ ކުރެވޭނެއެވެ.
advertisment
ހިޔާލު