ޓިއުޝަންފީ ހިލޭ ލިބޭ، ލަންކާގެ "ސްލިޓް"އިންދޭ ޑިގްރީ ޕްރޮގްރާމަށް ހުޅުވާލައިފި

ސްރީލަންކާގެ އިންސްޓިޓިއުޓް އޮފް އިންފޯރމޭޝަން ޓެކްނޮލޮޖީ (ސްލިޓް)އިންދޭ ސްކޮލަރޝިޕަށް ހުޅުވާލައިފިއެވެ.

ބެޗްލަރސް ޑިގްރީއަށް ކިޔަވަންދޭ މި ސްކޮލަރޝިޕްގެ ދަށުން ދެނީ ހަމައެކަނި ޓިއުޝަން ފީ އެވެ. އެހެން ހުރިހާ ޚަރަދެއް ކުރަން ޖެހެނީ ދަރިވަރު އަމިއްލައަށެވެ.

މި ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އޮގަސްޓް 17  ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިއެވެ.

ފައިނަލް ސެލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ "ސްލިޓް" ގެ ފަރާތުންނެވެ.

ސްކޮލަރޝިޕްގެ ޝަރުޠަކީ، ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ / އެސް.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް  ހާސިލުކުރައްވާފައިވުމާއި ޖީ.ސީ.އީ އޭ ލެވެލް 03 މާއްދާއިން "އީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން. ނުވަތަ ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލުކުރައްވާފައިވުމެވެ.

CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް ލިބިފައި ވުމާއި IELTS އިން އޯވަރރޯލް ސްކޯރ 6.5 އިން ފެށިގެން މަތިން TOEFL 550 އިން ފެށިގެން މަތި ލިބިފައިވުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *