ކަމަދޫ ސްކޫލަށް ދެ ކުލާސްރޫމް އިތުރުކުރަން ފަހި ދިރިއުޅުން ކޯޕަރޭޝަނަށް

ކަމަދޫ ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ދެ ކުލާސްރޫމް އަޅަން ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކަމަދުއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، އެ ރަށު ސްކޫލުގައި ކުލާސް ރޫމް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ތައުލީމާ ބެހޭ ވަޒީރު، ޑރ. އިސްމާޢިލް ޝަފީޢުއެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޙަމްދާން ޝަކީލެވެ.
އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައި ވަނީ 5.4 މިލިއަން ރުފިޔާއަށެވެ.

ކަމަދޫގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ވަސީލަތުގެ ގޮތުންނާއި ޖާގައިގެ ގޮތުން ރަށަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަވާ ފެންވަރުގެ ސްކޫލު އިމާރާތެއްގެ ގޮތުގައި އެ އިމާރާތް ހަދައިދޭނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

500 އެއްހާ އާބާދިއެއް ދިރިއުޅޭ ކަމަދޫ ސްކޫލުގައި 80 އެއްހާ ދަރިވަރުން ގުރޭޑް 10އާ ހަމައަށް ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *