ށ. އަތޮޅު ޤުރްއާން މުބާރާތުން އެއްވަނަ މިލަންދޫ ސްކޫލަށް.

ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ އާމިނަތު ސިޒާ މުޙައްމަދު، ހިތުން ކިޔެވުމުގެ ގޮފިން އެއްވަނަ ފާޠިމަތު ސިލީން އަޙްމަދު އާތިފު

ށ. އަތޮޅު ޤުރުއާން މުބާރާތުން އެއްވަނަ މިލަންދޫ ސްކޫލުން ހޯދައިފިއެވެ.

ށ. އަތޮޅު ޤުރުއާން މުބާރާތުން ހިތުން ކިޔެވުމާއި ބަލައިގެން ކިޔެވުމުގެ ގޮފިން ވެސް އެއްވަނަ ހޯދީ މިލަންދޫ ސްކޫލުގެ ދެ ދަރިވަރުންނެވެ. ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ހޯދީ އާމިނަތު ސިޒާ މުޙައްމަދެވެ. ހިތުން ކިޔެވުމުގެ ގޮފިން އެއްވަނަ ފާޠިމަތު ސިލީން އަޙްމަދު އާތިފެވެ.

12 ސްކޫލަކުން ވާދަކުރި މި މުބާރާތުން ދެވަނަ ހޯދީ ށ. އަތޮޅު މަދަރުސާއިންނެވެ. ތިން ވަނަ ހޯދީ ފޭދޫ ސްކޫލުންނެވެ.

ހިތުން ކިޔެވުމުގެ ބައިން ދެވަނަ ލިބުނީ މިލަންދޫ ސްކޫލުގެ އާއިޝާތު ޝަބާއަށެވެ.  ހިތުން ކިޔެވުމުގެ ގޮފިން ތިން ވަނަ ހޯދީ ށ އަތޮޅު މަދަރުސާގެ މަރްޔަމް ނާހީ މުޙައްމަދެވެ.

ބަލައިގެން ކިޔެވުމުގެ ގޮފިން ދެވަނަ ހޯދީ ފޭދޫ ސްކޫލުގެ ދަރިވަރު އީލާފު ބިން އަބްދުالله ޝަރީފެވެ. އެ ގޮފިން ތިން ވަނަ ހޯދީ މިލަންދޫ ސްކޫލުގެ ދަރިވަރު ޢާއިޝަތު ހަނާން ރަޝީދު އެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *