ސަސްޓައިނަބަލް ހިއުމަނިޓޭރިއަން އެކްޝަންއިން މާސްޓަރސްއަށް ކިޔަވަން ދިހާދު އޯގަނައިޒޭޝަނުން ސްކޮލަރޝިޕެއް

ސަސްޓައިނަބަލް ހިއުމަނިޓޭރިއަން އެކްޝަންއިން މާސްޓަރސްއަށް ކިޔަވަން ދިހާދު އޯގަނައިޒޭޝަނުން ސްކޮލަރޝިޕަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

މި ސްކޮލަރޝިޕްގެ ދަށުން ދެނީ މާސްޓަރސްއަށް ކިޔަވަން އެއް ފުރުސަތެވެ. ލިޔެކިޔުންތައް ހުށައަޅަން ޖެހެނީ އޮގަސްޓް މަހުގެ 25 ވަނަ ދުވަހުގެ 12:00 ކުރިން ޕޯޓަލް  މެދުވެރިކޮށް އެ މިނިސްޓްރީއަށެވެ. މި ސްކޮލަރޝިޕަށް އެޕްލައިކުރާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ 03 ކެންޑިޑޭޓުން މަތީ ތަޢުލީމާ ބެހޭ މިނިސްޓްރީއިން ނޮމިނޭޓް ކުރާނެއެވެ. އަދި ފައިނަލް ސިލެކްޝަން ހަދާނީ ދިހާދު ހިއުމަނިޓޭރިއަން ކޮލެޖްގެ ފަރާތުންނެވެ.

ދުބާއީގެ ދިހާދު ސަސްޓެއިނަބަލް އޯގަނައިޒޭޝަނަކީ ދެމެހެއްޓެނިވި ތަރައްޤީއާއި، އިންސާނީ މަސައްކަތްތަކާއި، ތަޢުލީމުގެ ޒަރިއްޔާއިން ދުނިޔެ ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. ޢަބްދުއްސަލާމް އަލްމަދާނީ އުފައްދަވާފައިވާ ޑީ.އައި.އެޗް.އޭ.ޑީ ސަސްޓެއިނަބަލް އޯގަނައިޒޭޝަނަކީ، އަންނަން އޮތް ޖީލުތައް ދެމެހެއްޓެނިވި ވިސްނުމެއް ގެންގުޅުމަށް ބާރުއެޅުމުގެ މަޤްޞަދުގައި ބައިނަލްއަޤްވާމީ ފެންވަރުގައި އިސްނަގައިގެން، ހެޔޮ އަސަރެއް އުފެއްދުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. ދިހާދު އޯގަނައިޒޭޝަންގެ އަމާޒަކީ، ކާރިސާތަކާއި ކާރިސާތަކާއި ގުދުރަތީ ހާދިސާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރުދުންނާއި މުޖުތަމައުތަކުގެ ދިރިއުޅުން ވަރަށް ބޮޑަށް ބަދަލުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމާއި ތައުލީމާއި ހަރުދަނާ އިންސާނީ ފިޔަވަޅުތަކާއި އެހީތެރިކަމާއި ހިލޭ ސާބަހަށް ކުރިއަށް ގެންދާ ޕްރޮޖެކްޓުތަކަށް އަހަންމިއްޔަތުކަން ދީގެން މުޖުތަމައުއަށް ހެޔޮބަދަލުތަކެއް ގެންނަން މަސައްކަތް ކުރުމެވެ.

މި  ކޯހަށް ކުރިމަތިލާ ފަރާތްތަކުން  ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވާން ޖެހެއެވެ.

–  TOEFL އިން 570 އިން މަތި ލިބިފައިވުން ނުވަތަ IELTS އިން އޯވަރރޯލް ސްކޯރ މަދުވެގެން 6.0 ލިބިފައިވުން ނުވަތަ ކޯހާއި ގުޅޭގޮތުން އަޕްލޯޑްކުރެވިފައިވާ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި ބަޔާންކޮށްފައިވާ އިނގިރޭސި ރިކުއަރމަންޓް ހަމަވާން ވެސް ޖެހެއެވެ. އަދި ހުށައަޅާ ދާއިރާއިން އެޕްލައިކުރާ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖްރިބާ ވެސް ހުންނަން ޖެހެއެވެ.

މި ސްކޮލަރޝިޕްގެ ދަށުން ލިބޭ ޚަރަދުތަކު އިތުރަށް ޚަރަދެއް ހިނގާނަމަ އެޚަރަދެއް ހަމަޖައްސަންޖެހޭނީ ކޯހަށް ހޮވޭ ކެންޑިޑޭޓް އަމިއްލައަށެވެ. 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *