ޗުއްޓީއަށްފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި

ފުރަތަމަ ޓާމުގެ ޗުއްޓީއަށްފަހު ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފަށައިފިއެވެ.

ދިރާސީ ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމުގައި ކިޔަވައި ކިޔަވައިދިނީ 81 ދުވަހުއެވެ. ދެވަނަ ޓާމުގައި ކިޔަވައިދޭނީ 99 ދުވަހުއެވެ.

ދެވަނަ ޓާމު ފެށުމުގެ ގޮތުން ސީއެޗްއެސްއީ މާލޭގައި ބޭއްވި އެސަމްބްލީ ޝަރަފުވެރިކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢުއެވެ.

ދިރާސީ ކަލަންޑަރުގައިވާ ގޮތުން މި އަހަރު ކިޔަވައި ދޭނީ 180 ދުވަހުއެވެ. ދެވަނަ ޓާމުގެ ކިޔެވުން 25 ޑިސެމްބަރާ ހަމައަށް ކުރިއަށް ދާނެއެވެ. ޑިސެމްބަރު މަހުގެ 6ން 20އަށް ކުރިއަށް ދާނީ އެކި ގުރޭޑް ތަކުގެ އިމްތިޙާނެވެ.

90 ހާހަށްވުރެ ގިނަ ދަރިވަރުން މިހާރު ކިޔަވަމުން ދާއިރު އޭގެތެރޭގައި ސަރުކާރުގެ 217 ސްކޫލުގައި ކިޔަވަމުންދާ 84000 އެއްހާ ދަރުވަރުން ހިމެނެއެވެ. އެ ދަރިވަރުންނަށް ކިޔަވައިދޭން ސަރުކާރުގެ ސްކޫލްތަކުގައި 10،000 އެއްހާ ޓީޗަރުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *