ޢިލްމީ ފަނާރުގެ ނަމުގައި ކުޑަފަރީ ސްކޫލުގެ ކުލާސް ރޫމްތަކުގައި ފޮތް ކިޔާނެ ތަނެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.
ކުޑަފަރީ ސްކޫލުގެ ޕީޓީއޭގެ ފަރާތުން ކުރިއަށް ގެންދާ މި މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ދިވެއްސާއި އިނގިރޭސި އަދި އަރަބި ބަހުގެ ފޮތްތައް ހަދިޔާ ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. ފޮތުގެ އިތުރުން ފޮތް ބަހައްޓާނެ ކަބަޑުވެސް ހަދިޔާ ކުރެވިދާނެ ކަމަށް އެ ސްކޫލުން ބުނެއެވެ.

ކުޑަފަރީ ސްކޫލުން ބުނެފައި ވަނީ، މި ޕްރޮގްރާމް ކުރިއަށް ގެންދާނީ އޮގަސްޓް މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ސްކޫލުން ބުނީ، ފޮތްވެސް ހަދިޔާ ކުރެވިދާނެ، ނޫނީ ފޮތް ގަންނަން ފައިސާވެސް ހަދިޔާ ކުރެވިދާނެ" ކަމަށެވެ.
ފައިސާ ޖަމާކުރައްވާނީ 7720510104001 ކުޑަފަރީ ސްކޫލް ބަޖެޓަށް ކަމަށާއި ސްލިޕް ޓެލެގްރާމް ކުރައްވާނީ 9951802 ނަމްބަރަށް ކަމަށެވެ.


advertisment
ހިޔާލު