މޮރޮކޯގައި ބާއްވާ ޤުރުއާން މުބާރާތުގައި ވާދަކުރާނީ އަޝްހަލް އާއި ޚިޟުރު، ސައުދީގައި ބާއްވާ ޤުރުއާން މުބާރާތުގައި ވާދަކުރާނީ ޙަނޫން އާއި އިޛުޢާން
މޮރޮކޯއާއި ސައުދީގައި ބާއްވާ ޤުރުއާން މުބާރާތުގައި ރާއްޖެއިން ވާދަކުރާ ދަރިވަރުން ހޮވައިފިއެވެ. މި ދެ މުބާރާތުގައި ވާދަކުރަނީ ހަތަރު ދަރިވަރުންނެވެ.

މި މަހު 25ން 29 އަށް މޮރޮކޯގައި ބާއްވާ އިންޓަރނޭޝަނަލް ޤުރްއާން މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނީ މޫސާ އަޝްހަލް އަޝްރަފާއި ޚިޟުރު ބިން ޢިމާދެވެ. މި މަހު 8ން 12އަށް ސަޢުދީ ޢަރަބިއްޔާގެ މައްކާގައި ބޭއްވުމަށް ހަމަޖެހިފައިވާ 45 ވަނަ "ކިންގް ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް ކޮމްޕެޓިޝަން ފޮރ ދަ މެމޮރައިޒޭޝަން، ރެސިޓޭޝަން އެންޑް އިންޓަރޕްރިޓޭޝަން އޮފް ދަ ހޮލީ ޤުރްއާން" މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނީ މުޙައްމަދު ޙަނޫން ޙުސައިނާއި އިސްމާޢީލް އިޛުޢާން އިބްރާހީމެވެ.

މި ދެ މުބާރާތުގައި ބައިވެރިވާ ދަރިވަރުންނާ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ އެ ބައިވެރިންނަށް ހިއްވަރު ދެއްވަވާ ދިވެހިރާއްޖެ ތަމްސީލް ކުރުމަށް ލިބުނު ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިއްޕެވުމަށް ބައިވެރިންނަށް ނަސޭހަތްތެރިވެލައްވާފައެވެ.
ބޭރު އެކި ޤައުމުތަކުގައި ކުރިއަށްދާ ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތްތަކުގައި ދިވެހި ދަރިވަރުން ބައިވެރިވެ ރަނގަޅު ކުރިއެރުންތަކެއް ހޯދަމުން އަންނަކަން ފާހަގަކޮށްލެވެ.


advertisment
ހިޔާލު