ޑީންސް އޮނަލިސްޓް އެވޯޑް އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަސްގެ 9 ދަރިވަރަކަށް

ޑީންސް އޮނަލިސްޓް އެވޯޑް ޤައުމީ ޔުނިވާސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގައި ކިޔަވަމުންދާ 9 ދަރިވަރަކަށް ލިބިއްޖެއެވެ.

މިއީ އެ ކެމްޕަހުގެ ތާރީހުގައި މިހާ ގިނަ އަދަދެއްގެ ދަރިވަރުން ޑީންސް އެވޯޑް ހާސިލު ކުރި ފަހަރެވެ.

ޑީންސް އެވޯޑް ހާސިލުކުރީ ސްކޫލް އޮފް ނާސިންގގެ 5 ދަރިވަރުންނާއި ފެކަލްޓީ އޮފް އެޑިއުކޭޝަންގެ 4 ދަރިވަރުންނެވެ.

މި ދަރިވަރުންނަށް ޑީންސް އެވޯޑާއި ޓޮޕް އެޗީވާރސް އެވޯޑް ދެއްވީ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ޖަލާލުއްދީން ސްކޫލްގެ ޕްރިންސިޕަލް އައިމިނަތު މުހައްމަދާއި މޭޔަރު މުހައްމަދު އާތިފެވެ.

ސްކޫލް އޮފް ނަރސިންގގެ ޑީންސް އޮނަރލިސްޓް އެވޯޑް ލިބުނު ދަރިވަރުން

އާއިޝަތު އަބްދުއްރަޙްމާން – ބެޗެލަރ އޮފް ނަރސިންގ

ފާތިމަތު އަޒްމާ އަލީ – ބެޗެލަރ އޮފް ނަރސިންގ

ނައުފާ ހުސައިން – ބެޗެލަރ އޮފް ނަރސިންގ

އައިޝަތު ޒޫނާ މޫސާ – ބެޗެލަރ އޮފް ނަރސިންގ

މާހީން މުހައްމަދު – ބެޗެލަރ އޮފް ނަރސިން

ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ޑީންސް އޮނަރލިސްޓް އެވޯޑް ލިބުނު ދަރިވަރުން

ހަދީޖާ މުހައްމަދު – ބެޗެލަރ އޮފް އެޑިއުކޭޝަން ޕްރައިމަރީ (އިސްލާމް/ގުރުއާން)

އިހްސާނާ މުހައްމަދު – ބެޗެލަރ އޮފް ޓީޗިންގ ޕްރައިމަރީ

މަރްޔަމް ހަނާ އިބުރާހިމް – ބެޗެލަރ އޮފް ޓީޗިންގ ޕްރައިމަރީ

އަހުމަދު އާޒިމް – ބެޗެލަރ އޮފް ޓީޗިންގ ޕްރައިމަރީ

މީގެ އިތުރުން ނަރުސްކަން ކިޔަވަމުންދާ 22 ދަރިވަރުން ޓޮޕް އެޗީވާރސް އެވޯޑްވެސް ހާސިލްކޮށްފައި ވެއެވެ.

މި ރަސްމިއްޔާތުގައި އެ ކެމްޕަހުގައި ނަރުސްކަން ކިޔަވަމުންދާ ދަރިވަރުން އިޤްރާރުވި އެވެ. މި ދަރިވަރުންނަށް އިޤްރާރު ލައިދެއްވީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ކްލިނިކަލް ނާރސިންގ ސޮބީހާ އާދަމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *