އެޑްވާންސްޑް ސެޓްފިކެޓް ލެވެލް 4ގެ ކޯސްތަކަށް ވަނުމުގެ މުއްދަތު އެމްއެންޔޫއިން އިތުރުކޮށްފިއެވެ.
އެ ޔުނިވަރސިޓީން ބުނީ، އޮގަސްޓް 2025 ގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ އެޑްވާންސްޑް ސެޓްފިކެޓް (ލެވެލް 4) ގެ ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު ވަނީ 24 އޮގަސްޓް 2025 ވާ އާދިއްތަ ދުވަހުގެ 23:59 އަށް އިތުރުކޮށްފައިވާ ކަމަށެވެ.
މި ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް portal.mnu.edu.mv މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު https://courses.mnu.edu.mv/ އިން ނުވަތަ studentservices@mnu.edu.mv އަށް މެއިލް ކުރެއްވުމުން ނުވަތަ 1445 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.
ދެވަނަ ސެމިސްޓާގައި ސެޓްފިކެޓް ލެވެލް 3ން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔަވައިދޭ ކޯސްތަކަށް އެމްއެންޔޫއިން ވަނީ ހުޅުވާލާފައެވެ.
advertisment
ހިޔާލު