ހަތް ދާއިރާއެއްގެ ކޯސްތައް ހިންގަން ބޭނުންވާ ކަރިކިއުލަމް އެކުލަވާނެ ބަޔަކު ހޯދަނީ

މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ އިން ހަތް ދާއިރާ އަކުން ނޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަޑާއި، ނޭޝަނަލް ކަރިކިއުލަމް، ލޮގްފޮތް، ލާނިންގ މެޓީރިއަލްސް އަދި އެސެސްމެންޓް ރިސޯސްފޮތް އެކުލަވާލުމަށް ކޮންސަލްޓަންސީ ދޭނެ އިންސްޓިޓިއުޓެއް ނުވަތަ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ.

އިއުލާނުކޮށްފައިވާ ދާއިރާތައް:

  • ފަނާއި ރުކުފަތި އަދި ސަޓާއިން ތަކެތި ވިކުމުގެ ދާއިރާ
  • ފޭލި ވިޔުމުގެ ދާއިރާ
  • ކަސަބު ގެތުމުގެ ދާއިރާ
  • ލިޔެލާ ޖެހުމުގެ ދާއިރާ
  • މާވަޑިކަމުގެ ދާއިރާ
  • ސާންތި ވިޔުމުގެ ދާއިރާ
  • ތިލޭރުކަމުގެ ދާއިރާ

މިކަމާއި ގުޅޭ މައުލޫމާތު ސާފުކުރުން ކުރިއަށް ދާނީ އަންނަ މަހުގެ 10 އެއްވާ އާދީއްތަ ދުވަހުގެ 13:00 ގައެވެ. މައުލޫމާތު ސާފުކުރުން ކުރިއަށް ދާނީ  މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ، އުމަރު ޒާހިރު އޮފީސް ބިލްޑިންގ 5 ވަނަ ފަންގިފިލާ ގައެވެ. ބީލަން ހުށަހަޅަން ޖެހޭނީ އަންނަ މަހުގެ 13 ވާ ބުދަ ދުވަހުގެ 12:30 ގައެވެ. ބީލަން ހުށަހެޅުން ވެސް ކުރިއަށް ގެންދާނީ ހަމަ އުމަރު ޒާހިރު އޮފީސް ބިލްޑިން 5 ވަނަ ފަންގިފިލާގައެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ 10 ވަނަ ދުވަހުގައި މައުލޫމާތު ސާފުކުރައްވާ ފަރާތްތަކަށް އެކަންޏެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް 3026600 އަށް ގުޅުމުން މައުލޫމާތު ލިބޭނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *