ކުޅުދުއްފުށި ދީނީ ސުވާލު މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހދ. ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިން ކުރިއަށް ގެންދާ "ދީނީ ސުވާލު މުބާރާތް 1447″ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިދާރާއިން ގެޒެޓު ކުރި އިއުލާނުގައި ބުނިގޮތުގައި މި މުބާރާތަކީ ކުޅުދުއްފުށި ސިޓީގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. މުބާރާތް އޮންނާނީ ސެޕްޓެމްބަރު މަހުގައެވެ. މުބާރާތުގެ މަގުސަދަކީ ދީނީ ކަންކަމަށް ލޯބި ޖެއްސުމާއި ދީނީ މައުލޫމާތު މުއްސަނދިކުރުމާއި ކުޅުދުއްފުށި ސިޓީގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އުފެއްދުމާއި އެއްބަޔަކު އަނެއްބަޔަކާއި ބައްދަލުވެ އެކުވެރިކަން އާލާކުރުމެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު މި ލިންކު މެދުވެރިކޮށް ބަލައިގަންނާނެއެވެ. ފޯމު ފުރުމުގެ ސުން ގަޑި އަކީ 06 އޮގަސްޓް 2025 ވާ ބުދަ ދުވަހުގެ 11:00 އެވެ. ޓީމު ލިސްޓު ހުށަހެޅުމުގެ ސުންގަޑި ބައިވެރިވާ ޓީމްތަކުގެ މެނޭޖަރުންނާއި ހިއްސާކުރެވޭނެއެވެ. ޓީމް ލިސްޓް ބަލައިގަންނާނީ އެ އިދާރާގެ އީމެއިލް   :wdc@kulhudhuffushicity.gov.mv  މެދުވެރިކޮށެވެ.

މުބާރާތުގެ ގަވާއިދު ކައުންސިލް ވެބްސައިޓުން ލިބޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑިގައި 6527105 އަށް ގުޅުމުން ލިބޭނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *