ކޮރެއާގެ ކޭޑީއައި ސްކޫލްގައި މާސްޓަރސްއަށް ކިޔަވަން ފަސް ސްކޮލާޝިޕަށް ހުޅުވާލައިފި

ކޮލޮންބޯ ޕްލޭން ސްކޮލާޝިޕްގެ ދަށުން ކޮރެއާގެ ކޭ-ޑީ-އައި ސްކޫލް އޮފް ޕަބްލިކް ޕޮލިސީ އެންޑް މެނޭޖްމަންޓްގައި ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑެވެލޮޕްމެންޓް އިން ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި އިއުލާނުގައި، އަންނަ އަހަރުގެ ސްކޮލާޝިޕަށް ހުޅުވާލާފައިވަނީ ފަސް ކޯހަކަށެވެ. އެއީ،

  1. މާސްޓަރ އޮފް ޕަބްލިކް ޕޮލިސީ
  2. މާސްޓަރ އޮފް ޑިވެލޮޕްމަންޓް ޕޮލިސީ
  3. މާސްޓަރ އޮފް ޕަބްލިކް މެނޭޖްމެންޓް
  4.  މާސްޓަރ އޮފް ޑޭޓާ ސައިންސް ފޯ ޕަބްލިކް ޕޮލިސީ އެންޑް މެނޭޖްމަންޓް
  5. މާސްޓާ އޮފް އިންޓަލެކްޗުއަލް ޕްރޮޕަރޓީ އެންޑް ޑިވެލޮޕްމަންޓް ޕޮލިސީ

މި ކޯސްތަކުގެ ޝަރުތުތަކުގެ ތެރޭގައި، ކޯހާއި ގުޅޭ ދާއިރާއަކުން ބެޗެލާސް ޑިގްރީ ހާސިލްކޮށްފައިވުމާއި ޕަބްލިކް ސެކްޓާގައި މަސައްކަތް ކުރާ ފަރާތެއް ކަމުގައިވާން ޖެހެއެވެ.

މިސްކޮލަރޝިޕަށް އެޕްލައިކުރާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުން މިމިނިސްޓްރީއިން ނޮމިނޭޓް ކުރާނެއެވެ. އަދި ފައިނަލް ސިލެކްޝަން ހައްދަވާނީ ކޮލަމްބޯ ޕްލޭންއާއި، ކޭ.ޑީ.އައި ސްކޫލް އޮފް ޕަބްލިކް ޕޮލިސީ އެންޑް މެނޭޖްމަންޓުންނެވެ. މިސްކޮލަރޝިޕްގެ ދަށުން އެޑްމިޝަން ފީއާއި، ޓިއުޝަން ފީއާއި ސްޓައިޕެންޓް ކޭ.ޑީ.އައި ސްކޫލުން ދެއްވުމަށް ހަމަޖެހިފައިވާއިރު ދެކޮޅު ޓިކެޓް ކޮލޮމްބޯ ޕްލޭންއިން ހަމަޖައްސައިދެއެވެ. މީގެއިތުރުން ޚަރަދެއް ކުރަންޖެހޭ ނަމަ އެޚަރަދެއް ހަމަޖައްސަންޖެހޭނީ ކޯހަށް ހޮވޭ ކެންޑިޑޭޓަކު އަމިއްލައަށެވެ.

އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ https://myedu.egov.mv   ޕޯޓަލް މެދުވެރިކޮށެވެ. ސުންގަޑި އަކީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *