ލ. އޭއީސީގެ އެއްވަނަ ދަރިވަރުންނަށް އާހިލް އާއި ވިރުދާން

ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 2023-24 ވަނަ ދިރާސީ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންގެ ގޮތުގައި ސާނަވީއިން އާހިލް ޢަލީ އާއި މަތީ ސާނަވީއިން މުހައްމަދު ވިރުދާންހޮވައިފިއެވެ.

އާހިލް ޢަލީ ވަނީ ސާނަވީގައި ބައިވެރިވި 8 މާއްދާގެ ތެރެއިން އޭ ސްޓަރ އާއި އޭ ހޯދައިގެން، ޤައުމީ ގަދަ ދިހައެއްގެ 2 ވަނަ ހޯދައިފައެވެ.

އަދި މަތީ ސާނަވީއިން މުޙައްމަދު ވިރުދާން ވަނީ ބައިވެރިވި 6 މާއްދާގެ ތެރެއިން 5 އޭ އާއަ 1ބީ ހޯދައިންގެން ޤައުމީ ގަދަ ދިހައެއްގެ 7 ވަނަ ހޯދައިފައެވެ.

2025 ޖުލައި 19 ވީ ހޮނިހިރު ދުވަހުގެ ރޭ، ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި ބޭއްވި އިނާމުދިނުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރިކަން ކޮށްދެއްވައިފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ އަޙްމަދު އަދީލް ނަޞީރެވެ. މި ރަސްމިއްޔާތުގައި ވޭތުވެ ދިޔަ އަހަރު ސާނަވީ އާއި މަތީ ސާނަވީއިން އަރުތަ ޙާޞިލުކުރި ދަރިވަރުންނަށް އިނާމުދީފައިވެއެވެ.

ފައުންޑޭޝަނުން ފެށިގެން ގުރޭޑު12 އާ ހަމައަށް ކިޔަވައިދެމުންދާ ލ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ވޭތުވެ ދިޔަ އަހަރު، ސާނަވީ އިމްތިޙާނުގައި 67 ދަރިވަރުން ބައިވެރިވެފައިވާއިރު، އޭގެތެރެއިން 10 ދަރިވަރުން ޤައުމީ ގަދަ 10 ގައި ހިމެނިފައިވެއެވެ. އަދި މަތީ ސާނަވީގައި 17 ދަރިވަރުން ބައިވެރިވެ، 1 ދަރިވަރަކު ޤައުމީ ގަދަ 10 ގައި ހިމެނިފައިވެއެވެ. އަދި ސާނަވީ އިމްތިޙާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން، 1 ދަރިވަރަކު މެރިން ސައިންސް މާއްދާއިން ދުނިޔެއިން 6 ވަނަ ހޯދައި، ކެމްބްރިޖް ލާރނަރސް އެވޯޑް ޙާޞިލްކޮށްފައިވެއެވެ.
ލ.އަތޮޅު ތަޢުލީމީ މަރުކަޒަކީ، ސާނަވީ އާއި މަތީ ސާނަވީއިން ވެސް ފާހަގަކޮށްލެވޭ ފަދަ ރަނގަޅު ވަނަތަކެއް ހޯދަމުން އަންނަ ސުކޫލެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *