2025 ވަނަ އަހަރަށް ޕެންޝަން އޮފީހުގެ ސީއެސްއާރު ގްރާންޓް ލިބޭ ފަރާތްތައް އިއުލާނުކޮށްފިއެވެ.
މި ޕްރޮގްރާމްގެ ދަށުން 200،000 ރުފިޔާ އާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އަމިއްލަ ޖަމުއިއްޔާ ޖަމާއަތްތަކާއި، ތައުލީމާއި ތަމްރީންދޭ ފަރާތްތަކުން އިޖުތިމާއި ދުޅަހެޔޮކަމާއި ވިލުންތެރިކަން އިތުރުކުރުމަށް ހިންގާ ޕްރޮގްރާމުތަކާއި، ފައިނޭންޝަލް ލިޓްރަސީ ނުވަތަ މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ހަރަކާތްތަކަށެވެ.
މި އަހަރުގެ ގްރާންޓް ލިބެނީ ޖުމްލަ ހަތަރު ފަރާތަކަށެވެ. އެ ފަރާތްތަކާއެކު ގްރާންޓް އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ.
އެހީ ދިން ފަރާތްތަކާއި އެ ފަރާތްތަކުން ކުރިއަށް ގެންދާ ހަރަކާތްތައް:
- މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަން – ގައިޑިން ޖެނެރޭޝަންސް
- ދަ އީކޯ އޯގަނައިޒޭޝަން – ޕްރޮޖެކްޓް ހޭވަން
- ޑައިބެޓީޒް ސޮސައިޓީ އޮފް ދަ މޯލްޑިވްސް – ޑައިބެޓީޒް އެޑިއުކޭޓަރ ކޯސް 2
- މާއްޓޭ ސްޕޯޓްސް – ބިލްޑިންގް ރެޒިލިއެންޓް އެންޑް އިންކްލޫސިވް ކޮމިއުނިޓީސް
ސީއެސްއާރް ގްރާންޓް ޕްރޮގްރާމަކީ ވިލުންވެރި އަދި އެންމެން ޝާމިލުވާ މުޖުތަމައެއް ބިނާކުރުމަށް ބޭނުންވާ ތަފާތު ދާއިރާތަކުން އިޖުތިމާއީ ފެންވަރުގައި ހިންގާ ހަރަކާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދީ އެފަދަ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ހިތްވަރުދިނުމަށް ޕެންޝަން އޮފީހުން ތައާރަފުކޮށްފައިވާ ޕްރޮގްރާމެކެވެ.
advertisment
ހިޔާލު