"ޑިސްކަވާ ހޮސްޕިޓަލިޓީ" ޕްރޮގްރާމްގެ 6 ވަނަ ބެޗު ނިންމައި 7 ވަނަ ބެޗަށް ހޮވުނު ދަރިވަރުންނަށް ލިޔުން ހަވާލުކޮށްފިއެވެ.
ޑިސްކަވާ ހޮސްޕިޓަލިޓީ ޕްރޮގްރާމަކީ ޔުނިވާސަލް ފައުންޑޭޝަން އިން ވިލާ ކޮލެޖާ އެކު 2007 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމުގައި ވިލާ ކޮލެޖުން ތިއަރީގެ ބައިތައް ކިޔަވައި ދިނުމަށް ފަހު ޔުނިވާސަލްގެ އެކި ރިސޯޓުތަކުން އަމަލީ ތަޖުރިބާގެ ބޮޑު ބައެއް ހިމަނައިގެން ކުރިއަށް ގެންދެއެވެ.

ޑިސްކަވާ ހޮސްޕިޓަލިޓީ ޕްރޮގްރާމްގެ ހަވަނަ ބެޗް ފުރިހަމަ ކުރި ދަރިވަރުންނަށް ސެޓްފިކެޓް ދީފައިވަނީ އެކަމަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ޑިސްކަވާ ހޮސްޕިޓަލިޓީ ގެ ދަށުން މިދިޔަ އަހަރު ފެށި ކަލިނަރީ އާޓްސްގެ ފުރަތަމަ ބެޗު ނިންމި ދަރިވަރުންނަށް ވެސް ސެޓްފިކެޓް ދީފައިވެއެވެ.
ޑިސްކަވާ ހޮސްޕިޓަލިޓީ ޕްރޮގްރާމްގެ 6 ވަނަ ބެޗު ފުރިހަމަ ކުރީ 17 ދަރިވަރުންނެވެ. ކަލިނަރީ އާޓްސް ޕްރޮގުރާމު ފުރިހަމަ ކުރީ 9 ދަރިވަރުންނެވެ. "ޑިސްކަވާ ހޮސްޕިޓަލިޓީ ޕްރޮޣްރާމުގެ 7 ވަނަ ބެޗަށް ހޮވުނީ 20 ދަރިވަރުންނެވެ. އަދި ކަލިނަރީ އާޓްސް ޕްރޮގްރާމް އަށް ހޮވުނީ 9 ދަރިވަރުންނެވެ. މި 29 ދަރިވަރުންނަށް ވެސް ވަނީ އެ ރަސްމިއްޔާތުގައި ލިޔުން ހަވާލުކޮށްފައެވެ.

މި ރަސްމިއްޔާތުގައި ޔުނިވާސަލް ފައުންޑޭޝަންގެ ރައީސް އިޔާޒް ވަހީދު، ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބުގެ އިތުރުން ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު ވާހަކަ ދެއްކެވިއެވެ.
advertisment
ހިޔާލު