މަތީ ތަޢުލީމުގެ ލޯން ސްކލީމުގެ ދަށުން މި އަހަރު ހުޅުވާލި 500 ފުރުޞަތަށް 1338 ދަރިވަރުންގެ ކުރިމަތިލާފައިވާއިރު އޭގެތެރެއިން ޝަރުޠު ހަމަވީ 806 ދަރިވަރުން ކަމަށް މަތީ ތައުލީމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނީ، ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދި އެޕްލިކޭޝަން ހުށައެޅި ފަރާތްތަކުގެ ވަގުތީ ނަތީޖާ އެ މިނިސްޓްރީގެ ވެބްސައިޓްގައި އާންމުކޮށްފައިވާނެ ކަމަށެވެ. އަދި އެ މިނިސްޓްރީން ބުނީ، ޑިސްކޮލިފައިވި ދަރިވަރުން ޑިސްކޮލިފައިވި ސަބަބު އެ ލިސްޓްގައި ބަޔާން ކޮށްފައިވާނެ ކަމަށެވެ.
އެ މިނިސްޓްރީން ވަނީ ވަގުތީ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ މުއްދަތަކީ އަންނަ އޮގަސްޓް މަހުގެ 3 ވަނަ ދުވަހެވެ.
ދިވެހިރާއްޖެއިން ޕައިލެޓް ސްޓަޑީޒް ހެދުމަށް ހުޅުވާލާފައިވާ 10 ޖާގައަށް ޝަރުޠު ހަމަވީ 10 ދަރިވަރުންނާއި އެހެނިހެން ދާއިރާތަކަށް އެދުނު ދަރިވަރުންގެ ތެރެއިން ޝަރުޠު ފުރިހަމަވާ ހުރިހާ ދަރިވަރުންނަށް ފުރުޞަތު ދޭން ރައީސް ޑރ. މުޙައްމަދު ވަނީ ނިންމަވާފައެވެ.
advertisment
ހިޔާލު