ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ މުއައްސަސާ ތަކުގެ އަދަދު 132 އަށް

ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭން ރަޖިސްޓްރީކޮށްގެން ހިންގާ މުއައްސަސާ ތަކުގެ އަދަދު 132 އަށް އަރާފައިވާ ކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކާއި އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާކުރުމަށް މިއަދު ބޭއްވި މަސައްކަތު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ވުޒާރާގެ މިނިސްޓަރު ޑރ. އަލީ ހައިދަރު ވަނީ މަތީ ތަޢުލީމު ފޯރުކޮށްދޭ މުއައްސަސާ ތަކުގެ ތަފުޞީލުތަކެއް ދެއްވާފައެވެ.

އެ ތަފްޞީލުތަކަށް ބަލާއިރު، މި ވަގުތު 18،000 ދަރިވަރުން މަތީ ތަޢުލީމަށް ކިޔަވަމުން ގެންދެއެވެ.

މަތީ ތަޢުލީމު ފޯރުކޮށްދޭ މުއައްސަސާތަކުގެ ތެރޭގައި ހިމެނެނީ ދެ ޔުނިވަރސިޓީގެ ގޮތުގައި ކިޔަވައިދެމުން ގެންދާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއެވެ. ކޮލެޖްގެ ގޮތުގައި 12 ތަނެއް ހިންގަމުން ގެންދެއެވެ. ޕޮލިޓެކްނިކްގެ ގޮތުގައި އެއް ތަން ހިންގާއިރު، ޕްރައިވެޓް އިންސްޓިޓިއުޝަންގެ ގޮތުގައި 90 ތަން ހިންގަމުން ގެންދެއެވެ. އަދި ޕަބްލިކް އިންސްޓިޓިއުޝަންގެ ގޮތުގައި ވެސް 27 ތަނެއް ހިންގައެވެ.

ވަޒީރު ޑރ. ހައިދަރު ވިދާޅުވީ، 2022 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން 1853 ކޯސް އެޕްރޫވަލް ކޮށް، 590 ޕްރޮގްރާމެއް މަތީ ތަޢުލީމުގެ އިންސްޓިޓިއުޝަންތަކުން ހިންގަމުން އަންނަ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *