ދިއްދޫ ކައުންސިލް ކަޕް ޗެރިޓީ މެޗުން ލިބުނު 5000 ރުފިޔާ ހއ. އޭއީސީގެ ޝައިން ކުލާހަށް

ޗެރިޓީ މެޗުން ލިބުނު ފައިސާ ޝައިން ކުލާހާއި ހަވާލު ކުރަނީ /ފޮޓޯ: ހއ. އަތޮޅު ތައުލީމީ މަރުކަޒު

ހއ. ދިއްދޫ ކައުންސިލް ކަޕް ޗެރިޓީ މެޗުން ލިބުނު 5000 ރުފިޔާ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން ކިޔަވަމުންދާ "ޝައިން" ކުލާހަށް ހަދިޔާ ކޮށްފިއެވެ.

ސުކޫލުގައި 920 އަށްވުރެ ގިނަ ދަރިވަރުން އަންނަ ހއ. އޭއީސީގެ ޝައިން ކުލާހުގައި 120 ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ޗެރިޓީ މެޗުގައި ބައްދަލުކުރީ ދިއްދޫ ރިއަލް ޓީނޭޖް ސްޕޯޓްސް ކްލަބް އަދި ދިއްދޫ ކައުންސިލް ޓީމެވެ. ދިއްދޫ ރިއަލް ޓީނޭޖް ސްޕޯޓްސް ކްލަބް އަކީ މިދިޔަ އަހަރު ކައުންސިލް ކަޕް ގެ ކެމްޕިއަން ކަން ހޯދި ޓީމެވެ. މި މެޗު 14 ލަނޑު 0 ލަނޑުން ކާމިޔާބު ހޯދީ ދިއްދޫ ރިއަލް ޓީނޭޖް ސްޕޯޓްސް ކްލަބްއެވެ.

ދިއްދޫ ކައުންސިލް ކަޕް ގައި 7 ޓީމަކުން ބައިވެރިވެއެވެ. މި މުބާރަތް 10 ދުވަސް ވަންދެން ކުރިއަށް ގެންދާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *