އޯޓިޒަމް ސެންޓަރުގެ "އާރޓް އޮފް މައިންޑް" ގައި 170 ދަރިވަރުންގެ ހުނަރުވެރި މަސައްކަތް

މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން ހިންގަމުން ގެންދާ އޯޓިޒަމް ސެންޓަރުގެ 7ވަނަ އާރޓް އެގްޒިބިޝަން "އާރޓް އޮފް މައިންޑް 2025″ ހުޅުވައިފިއެވެ. މިއަދު ހެނދުނު ފެށި މި އެގްޒަބިޝަން ޝަރަފުވެރިކޮށް ދެއްވީ، މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހިމް ޝަރީފް މުޙައްމަދެވެ. މި ހަފްލާގައި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ފައުންޑަރ އަދި އެގްޒެކްޓިވް ޗެއާރޕާރސަން މެޑަމް އިލްހާމް ހުސައިން އާއި ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ، މިނިސްޓްރީތަކާއި ސަރުކާރު އަދި އަމިއްލަ ކުންފުނިތަކުގެ އިސްވެރިންނާއި އެސޯސިއޭޝަންގެ ބޯރޑް މެމްބަރުން ބައިވެރިވިއެވެ.

"އަރޓް އޮފް މައިންޑް " ގެ ނަމުގައި ބާއްވާ މި މަޢުރަޒަކީ، އެ ސެންޓަރުގެ ދަރިވަރުންގެ ކުރެހުމާ ފަންނުވެރިކަމުގެ ހުނަރު ތަރައްޤީކުރުމަށާއި އެކުދިންގެ މަސައްކަތްތައް ޢާންމުކޮށް ދައްކާލުމަށްޓަކައި، 2019 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ސިލްސިލާ މަރުރަޒެކެވެ.

2023 ވަނަ އަހަރު ބޭއްވި މައުރަޒުގައި ބައިވެރިވި ކުރި ދަރިވަރުންގެ ކުރެހުންތައް އެއަރޕޯޓްސް ކޮމްޕަނީގެ މިދިޔަ އަހަރުގެ ކަލަންޑަރުގައި ވަނީ ހިމަނާފައެވެ.

މި ހަފްލާގައި އެއަރޕޯޓްސް ކޮމްޕަނީގެ ފަރާތުން އޯޓިޒަމް އެސޯސިއޭޝަނަށް 150،000 ރުފިޔާގެ ފައިސާގެ އެހީއެއް ވެދީފައިވެއެވެ.

"އަރޓް އޮފް މައިންޑް" މަޢުރަޒުގައި ހިމެނޭ ކުރެހުންތައް ޢާންމުކޮށް ދައްކާލުމަށްޓަކައި މާދަމާ ހަވީރު 3ން 5އަށް އޯޓިޒަމް ސެންޓަރގެ 4ވަނަ ފަންގިފިލާގެ ޖަވާހިރު މާލަމުގައި ވަނީ ބަހައްޓާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *