ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ ފާއިތުވީ އަހަރު އެއްވަނަ ދަރިވަރުންގެ ގޮތުގައި މަތީ ސާނަވީން އަޙްމަދު ޔާސީން އިބްރާހީމް އާއި ސާނަވީން މުޙައްމަދު ޚާޝިޢު ޙަސަން ހޮވައިފިއެވެ.
ބުދަ ދުވަހުގެ ރޭ އޮތް ޖަލާލުއްދީން ސްކޫލުގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ އަޙްމަދު މުޙައްމަދެވެ.
މަތީ ސާނަވީން ހުރިހާ ގޮތަކުން 1ވަނަ އަށް ހޮވުނު ޔާސީންވަނީ، މަތީ ސާނަވީ ނިންމާ އިމްތިޙާނު ތަކުން އެއްވަނަ ހޯދުމާއެކު، ރައީސްގެ ހާއްސަ ސްކޯލާޝިޕް ވެސް ހާސިލް ކޮށްފައެވެ.
ސާނަވީން 1ވަނަ އަށް ހޮވުނު ޚާޝިޢު ވަނީ، ސާނަވީ ނިންމާ އިމްތިހާނު ތަކުން އެއްވަނަ ހޯދާފައެވެ. ގުރޭޑް 11ގައި ކިޔަވަމުން އަންނަ ޚާޝިޢު އަކީ މިހާރު ޖަލާލުއްދީން ސްކޫލުގެ މިހާރުގެ ކެޕްޓަނެވެ.
މަތީ ސާނަވީއާ ސާނަވީން ޖަލާލުއްދީން ސްކޫލް އަންނަނީ ސްކޫލުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ.
ހަމައެކަނި ސެކަންޑަރީ ސްކޫލެއްގެ ގޮތުގައި ކުރިން ހިންގަމުން އައި މި ސްކޫލުގެ ފާއިތުވީ އަހަރު މަތީ ސާނަވީ އިމްތިޙާނުތަކުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 17 ދަރިވަރުން ޤައުމީ ގަދަ ދިހަވަނައިން ޖާގަ ކަށަވަރުކޮށްފައި ވެއެވެ. އަދި މީގެ ތެރެއިން 6 ދަރިވަރަކު ހައި އެޗީވާރސް ސްކޮލަރޝިޕް ޙާޞިލްވާ މިންވަރުގެ ނަތީޖާ ހޯދާފައިވެއެވެ.
އަދި މީގެ އިތުރުން ސާނަވީ އިމްތިޙާނުތަކުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 20 ދަރިވަރުން ޤައުމީ ގަދަ ދިހަވަނައިން ޖާގަ ކަށަވަރުކޮށްފައި ވެއެވެ.
advertisment
ހިޔާލު