ދުޢާކުރުމަށާއި ޒިކުރުކުރަން ދަރިވަރުންނާއި މުވައްޒަފުންނަށް ބާރުއެޅުމުގެ ގޮތުން ކެޔޮދޫ ސްކޫލުގެ ގޯތިތެރޭގައި ހިނގަން ބޭނުންކުރާ ވޯކްވޭތަކުގައި ބޯޑުތަކެއް ހަރުކޮށްފިއެވެ.
ކެޔޮދޫ ސްކޫލުގައި ހަރުކުރި 15 ބޯޑް ހަދިޔާ ކުރީ ސްޓެލްކޯގެ ކެޔޮދޫ ބްރާންޗުންނެވެ. މި ހަދިޔާއަކީ ދަރިވަރުންނާއި ސްކޫލު މުޖުތަމަޢަށް ދީނީ އިލްމު ދިނުމަށާއި، ދުޢާކުރުމަށާއި ޒިކުރުކުރުމަށް ބާރުއަޅާނެ މުހިންމު އެހީއެއްކަމަށް ސްކޫލުން ބުނެފައިވެއެވެ.

މި ފަދަ މާތް އެހީތެރިކަމަކީ ކެޔޮދޫގެ ތަރައްޤީއަށްޓަކައި ކުރެވޭ މުހިއްމު މަސައްކަތްތަކެއް ކަމަށް ވެސް އެ ސްކޫލުން ދެކެވެ.
"ކެޔޮދޫ ސްކޫލުގެ ދަރިވަރުންނާއި، ބެލެނިވެރިންނާއި، މެނޭޖުމެންޓުން މި އެހީ ބަލައިގަންނަނީ ވަރަށް ބޮޑު ޝުކުރުވެރިކަމަކާއި އުފަލަކާއެކު." ކެޔޮދޫ ސުކޫލުން ބުންޏެވެ.

އާބާދީގައި ގާތްގަނޑަކަށް 3 ހެކްޓަރުގެ ރަށެކެވެ. މި ރަށުގެ އާބާދީއަކީ ގާތްގަނޑަކަށް 642 މީހުން ދިރިއުޅޭ ރަށެކެވެ. ސުކޫލު އާބާދީގައި 200 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ތައުލީމު ހާސިލްކުރަމުންނެވެ.
advertisment
ހިޔާލު