ޓީޗަރުންނާއި ލައިބްރޭރިއަނުންނަށް އިނޮވޭޓިވް މާކެޓިން ތަމްރީނު ޕްރޮގްރާމެއް އިއްޔެ ފަށައިފިއެވެ.
މި ޕްރޮގްރާމް ގެ މަގުސަދަކީ މުދައްރިސުންނާއި ލައިބްރަރިއަނުން ބާރުވެރިކުރުވައި، އެންގޭޖްމަންޓް އިތުރުކޮށް، ލައިބްރަރީގެ ވަސީލަތްތަކަށް ހޭލުންތެރިކަން އިތުރުކޮށް، ސްކޫލް މުޖުތަމަޢުތަކުގެ ތެރޭގައި ކިޔެވުމުގެ ސަގާފަތެއް ކުރިއެރުވުމަށް މަގުފަހިކޮށްދޭ އުފެއްދުންތެރި މާކެޓިން ސްޓްރެޓެޖީތައް ފޯރުކޮށްދިނުމެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ތައުލީމީ ވުޒާރާ އާއި ސްރީލަންކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން ގުޅިގެންނެވެ.

މި ޕްރޮގްރާމަކީ ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވީ އިމާދުއްދީން ސުކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. ފާތިމަތު ނިޝާނެވެ.
advertisment
ހިޔާލު