ފުރަތަމަ ފަށާ ފައުންޑޭޝަން ލެވެލް ކޯހުގައި، ށ. އަތޮޅުގެ ކޮންމެ ރަށަކުން ބައިވެރިވާ ދެ ދަރިވަރުންނަށް ކޯސް ފީގެ 50 އިންސައްތައިގެ ޑިސްކައުންޓެއް ދޭނެ
ށ. އަތޮޅު ތަރައްޤީގެ ޕްލޭނުގައި ހިމަނާފައިވާ ސިއްޙީދާއިރާއިން މީހުން ބިނާކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމުގެ ދަށުން ހިންގަން ނިންމާ ކޯސްތަކުގެ ތެރެއިން ފުރަތަމަ ކޯހަށް އިއުލާން ކޮށްފިއެވެ.
އެމްއެންޔޫއާ ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ދަށުން ފުރަތަމަ ހުޅުވާލީ "ސެޓްފިކެޓް 4 އިން ފައުންޑޭޝަން ސްޓަޑީޒް (ސައިންސް)" ކޯހަށެވެ. މި ކޯހަށް ވަނުމުގެ ސުންގަޑިއަކީ މި ޖުލައި މަހުގެ 23 ވަނަ ދުވަހެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގެ ޝަރުތުތަކީ ސައިންސް ގެ މާއްދާ ތަކުގެ ތެރެއިން އެއް މާއްދާ ހިމެނޭހެން ޖީސީއީ އޯލެވެލް 3 މާއްދާއިން ފާސްވުމެވެ. މި ކޯހުގައި ބައިވެރިވާ ށ. އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށުން، ކޮންމެ ރަށަކުން ދެ ދަރިވަރުންނަށް ކޯސް ފީގެ 50 އިންސައްތައިގެ ޑިސްކައުންޓެއް އެ އަތޮޅު ކައުންސިލުން ދޭނެއެވެ. ކޯހުގެ ފީއަކީ 8،836 އާއި 9،210 ރުފިޔާ ދެމެދުގެ އަދަދެކެވެ.


advertisment
ހިޔާލު