އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ގްރޭޑް 11އަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އަޙްމަދިއްޔާއަށް ވަނުމަށް އޮންލައިން އެޕްލިކޭޝަނަށް މިހާރު ހުޅުވާލާފައިވާއިރު، ވަރަށް ގިނަ އަދަދެއްގެ ދަރިވަރުން ދަނީ އެޕްލިކޭޝަން ހުށަހަޅަމުންނެވެ. ކުދިން އެޕްލައިކުރާ ތަރުތީބުން ޖާގަދޭން ހަމަޖެހިފައިވީ ނަމަވެސް ދަރިވަރުންގެ ޖާގަ މުޅިން ކަށަވަރު ވާނީ އޯލެވެލްގެ ވަގުތީ ޓްރާންސްކްރިޕްޓާއެކު އެޕްލިކޭޝަން ފޯމު ހުށަހެޅުމުންނެވެ.
އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގައި މިހާރު ވެސް ބިޒްނަސް އަދި ސައިންސް ސްޓްރީމަށް ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ. ބިޒްނަސް ސްޓްރީމްގައި ދިވެއްސާއި އިސްލާމުގެ އިތުރުން އެކައުންޓިންގ، ބިޒްނަސް އަދި އިކޮނޮމިކްސް އިނގިރޭސި އަދި ހިސާބު، މި މާއްދާތަކުގެ ތެރެއިން އެ ދަރިވަރަކު އިޚްތިޔާރުކުރާ މާއްދާތަކެއް ކިޔެވުމުގެ ފުރުޞަތު ލިބެއެވެ. ސައިންސް ސްޓްރީމްގައި ދިވެއްސާއި އިސްލާމް މާއްދާގެ އިތުރުން ބަޔޮލޮޖީ، ކެމިސްޓްރީ، ފިޒިކްސް، އިނގިރޭސި، ހިސާބު، މި މާއްދާތަކުގެ ތެރެއިން އެ ކުއްޖަކު އިޚްތިޔާރުކުރާ މާއްދާއެއް ކިޔެވުމުގެ ފުރުޞަތު ލިބެއެވެ. އަދި އިޚްތިޔާރީ މާއްދާތަކުގެ ތެރޭގައި ކޮމްޕިއުޓަރ ސައިންސް، ސީ.އޭ.އީ އަދި ސީ.ޕީ.އީ މި މާއްދާތައް ކިޔެވޭނެއެވެ.
އަޙްމަދިއްޔާގައި މި ވަގުތު އޮތް ޓީމަކީ މަތީ ސާނަވީއަށް ކިޔަވައިދޭން މި ވަގުތު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ، އެންމެ ތަޖުރިބާކާރު މުދައްރިސުންގެ ޓީމެވެ. ދިވެހި، އިސްލާމް،ހިސާބު، އިނގިރޭސި، އަދި ސްޓްރީމް މާއްދާތަކުގެ މުދައްރިސުންނަށް ބެލި ނަމަވެސް މުޅި ރާއްޖެއިން މިވަގުތު ހުނިޖަހާފައި ނެގޭނެ އެންމެ މޮޅު، އެންމެ ޤާބިލް މުދައްރިސުން ތިބީ އަޙްމަދިއްޔާގައެވެ.
އަޙްމަދިއްޔާއަކީ އުނގަންނައިދިނުމާއި ތަރުބިއްޔަތުކުރުމުގައި ރަން ތާރީޚެއް އޮތް ފަޚުރުވެރި ސްކޫލެކެވެ. އެގޮތުން ސްކޫލުގެ އޯލެވެލް އަދި އޭލެވެލް ނަތީޖާއިން މި ބަހުގެ ތެދުކަން ހާމަވެއެވެ. މިހާރު ވެސް އަޙްމަދިއްޔާއިން މަތީ ސާނަވީ ނިންމި އެތައް ދަރިވަރުންނެއް ދަނީ ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕާއި ހައިއެޗީވަރސް ސްކޮލަރޝިޕްގައި ރާއްޖެއިން ބޭރުގެ އެކި ގައުމުތަކުގެ އެކިއެކި ޔުނިވަރސިޓީތަކުގައި ކިޔަވަމުންނެވެ..
advertisment
ހިޔާލު