މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުން ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ލޯނަށް އިތުރުކޮށްދެނީ

މެލޭޝިޔާގައި ކިޔަވާ ދިވެހި ދަރިވަރުން ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އެ ދަރިވަރުންގެ ލޯނަށް އިތުރުކޮށްދޭން ސަރުކާރުން ނިންމަވައިފިއެވެ.

މެލޭޝިއާގައި ކިޔަވާ ބޭރު ޤައުމުތަކުގެ ދަރިވަރުންގެ އަތުން ހަ އިންސައްތައިގެ ޓެކުހެއް ނަގަން ނިންމައި އަމަލުކުރަން ފެށީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. މި ފީ ދައްކަން ޖެހެނީ، އެގޮތުން މެލޭޝިއާގެ އަމިއްލަ ކޮލެޖުތަކާއި ޔުނިވާސިޓީތަކާއި ޕްރީސްކޫލް އަދި ތައުލީމު ދޭ ތަންތަނުގައި ކިޔަވާ އެހެން ގައުމުތަކުގެ ދަރިވަރުންގެ ތެރެއިން އަހަރަކު 60،000 މެލޭޝިއަން ރިންގިޓަށް ވުރެ ބޮޑު ފީއެއް ނަގާނަމައެވެ.

މަތީ ތައުލީމާ ބެހޭ ވުޒާރާއިން ބުނެފައި ވަނީ، ސަރުކާރުގެ ސްކޮލަރޝިޕްގެ ދަށުން މެލޭޝިޔާގައި މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުން، އެ ދަރިވަރުން ކިޔަވަމުންދާ މަރުކަޒުތަކުން ވުޒާރާއަށް ފޮނުވާ އިންވޮއިސްގައި ޓެކްސްގެ އަދަދު ހިމަނައި، މިހާރުވެސް ފައިސާ ދައްކަމުންދާ އުސޫލުން ފައިސާ ދެއްކުމުގެ އިންތިޒާމު ހަމަޖައްސަވާފައިވާ ކަމަށެވެ.

އެ ވުޒާރާއިން ބުނީ، ޓެކްސްގެ ގޮތުގައި ހަ އިންސައްތަ ދައްކަން ޖެހޭ ދަރިވަރުން އެ ވުޒާރާއަށް އީމެއިލް މެދުވެރުކޮށް އެކަން އެންގުމާއެކު، ކަނޑައެޅިފައިވާ ލިންކުން މެދިވެރިކޮށް ފޯމު ހުށައެޅުއްވުމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *