ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މަސައްކަތް ކުރައްވާ ފުލުހުން ޞަލާޙުއްދީން ސްކޫލުގެ ލައިބްރަރީއަށް ފޮތް ހަދިޔާކުރައްވައިފިއެވެ.
ޞަލާޙުއްދީން ސްކޫލުގެ ލައިބްރަރީއަށް ބޭނުންވާ ފޮތް ހޯދަން ކުރިއަށް ގެންދާ "ބުކް ޑޮނޭޝަން ވީކް" ގެ ހަރަކާތްތަކުގެ ތެރެއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ނެއިބަރހުޑް
2 ގެ ފުލުހުން 145 ފޮތް ހަދިޔާކޮށްފައިވެއެވެ.
ޞަލާޙުއްދީން ސްކޫލުގެ ލައިބްރަރީއަށް ފޮތް ހަދިޔާ ކުރުމުގެ ފުރުޞަތު ހުޅުވާލީ މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހުއެވެ.

ފުލުހުންގެ އިތުރުން ދަރިވަރުންނާއި ބެލެނިވެރިންނާއި އަދި ހެޔޮއެދޭ ފަރާތްތަކުން ވެސް ފޮތް ހަދިޔާ ކުރުމުގެ ޙަރަކާތުގައި ބައިވެރިވެ، ގިނަ އަދަދެއްގެ ފޮތް ހަދިޔާކޮށްފައިވެއެވެ.
ފޮތް ހަދިޔާ ކުރި ހުރިހާ ފަރާތްތަކަށް އެ ސްކޫލުން ޝުކުރުއަދާކުރެއެވެ.

ޞަލާޙުއްދީން ސްކޫލުގައި ތަރައްޤީ ކުރާ ލައިބްރަރީގެ މަސައްކަތް ނިންމައި ވަރަށް އަވަހަށް ދަރިވަރުންނަށް ހުޅުވާލާނެ ކަމަށް އެ ސްކޫލުން ބުނެއެވެ.
ޞަލާޙުއްދީން ސްކޫލުގައި 2500 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު