ގޮއިދޫ ކައުންސިލުން އެރަށު ސްކޫލުގައި "ދަރިވަރުންގެ ހިޔާ" އެއް ތަރައްޤީކޮށްދީފި

ށ. ގޮއިދޫ ކައުންސިލުން އެރަށު ސްކޫލުގައި ތަރައްޤީ ކުރި "ދަރިވަރުންގެ ހިޔާ" ހުޅުވައިފިއެވެ. ދަރިވަރުންގެ ހިޔާ ހުޅުއްވައިދެއްވީ ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމެވެ. ދަރިވަރުންގެ ހިޔާގައި، ސެކިޔުރިޓީ ރޫމަކާއި އޭސީ ކޮށްފައިވާ ގުދަނަކާއި ޑިޖިޓަލް ނޯޓިސް ބޯޑެއް ބަހައްޓާފައިވެއެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަމާއެކު ވަދެ ނުކުމެވޭގޮތައް ރޭންޕެއްގެ އިތުރުން ދަރިވަރުންގެ ސްކޫލުގެ ތަޞައްވަރާއި އަމާޒު އަދި އަގުތައް ހިމެނޭ ޕޯސްޓަރުގެ އިތުރުން ރަށުގެ މުހިންމު ބައެއް ތަންތަނުގެ  މަންޒަރުތައް ދައްކުވައިދޭ ބޯޑްތައް ވަނީ ބަހައްޓާފައެވެ.

ގޮއިދޫ ކައުންސިލުގެ ރައީސް އިބްރާޙިމް ޝާހިދު ދަރިވަރު ނޫހަށް ވިދާޅުވީ، ސްކޫލަށް ދާ ދަރިވަރުންނާއި ބެލެނިވެރިން މަޑުކޮށްލާނެ ތަނެއް ހެދުމުގެ މަސައްކަތް ފެށީ އެ ކައުންސިލުގެ އިސްނެންގެވުމުގެ މަތިން ކަމަށާއި އެފަދަ ތަނެއް ހެދުމުގެ ޚިޔާލު ބެލެނިވެރިންގެ ފަރާތުން ވެސް އައި ކަމަށެވެ. އެކަމަށް އަމަލީ ސިފައެއް ގެނައުމަށް އެ ކައުންސިލުގެ ބަޖެޓުން 350،000 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބަޔަކާ ހަވާލުކޮށްގެން ހިޔާގެ މަސައްކަތް ކުރި ނަމަވެސް އެ މަސައްކަތުގައި އެ ކައުންސިލުގެ މުވައްޒަފުންގެ ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

"މިއީ ރަށުގެ ތައުލީމަށް، ދަރިވަރުންނަށް ފަހި މާހައުލެއް ހޯދައި ދިނުމަށް ކައުންސިލުން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ނިންމި މުހިންމު ކަމެއް. މިކަމުގެ ފައިދާ ދަރިވަރުންނާއި ބެލެނިވެރިން ޖުމްލަކޮށް ހުރިހާ ރައްޔިތުންނަށް ކުރާނެ" ޝާހިދު ވިދާޅުވިއެވެ.

ޕްރީ ސްކޫލުން ފެށިގެން ގުރޭޑް 10އާ ހަމައަށް ގޮއިދޫ ސްކޫލުގައި ކިޔަވައިދެމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *