ސިލްކް ރޯޑް ޔޫތު ފޮޓޯގްރަފީ އަދި ކުރު ވީޑިއޯ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ސިލްކް ރޯޑް އިންޓަރނޭޝަނަލް ޔޫތު ފޮޓޯގްރަފީ އަދި ކުރު ވީޑިއޯ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

މިއީ މި މުބާރާތް އެ ކައުންސިލުން ކުރިއަށް ގެންތާދާ ހަތަރުވަނަ އަހަރެވެ. މި މުބާރާތް ހުޅުވާލާފައި ވަނީ 12 އަހަރާއި 20 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

މި މުބާރާތުގެ ތީމަކީ ފޮޓޯގެ ޒަރިއްޔާއިން ޘަޤާފަތް ގުޅުވައިދިނުމެވެ. މި މުބާރާތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޒުވާން ފަންނާނުންނަށް ހުޅުވާލެވިފައިވާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އޯގަސްޓް 31 ގެ ކުރިން ކުރިމަތިލާން ޖެހޭނެއެވެ.

މި މުބާރާތުން ވަނަތައް ހޯދާ ފަރާތްތަކަށް ފައިސާގެ އިނާމުގެ އިތުރުން ޗައިނާގެ ފުޖޯއަށް ދިއުމުގެ ފުރުސަތު ތަނަވަސްކޮށްދެއެވެ.

މި ލިންކް http://silkroad.52hrtt.com މެދުވެރިކޮށް ބައިވެރިވެވޭނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *